ads
އިންޑިއާ އަަސްކަރީ ބޯޓު އައީ ކްލިޔަރެންސް ދީގެން: އިމެގްރޭޝަން
އިންޑިއާގެ އަސްކަރީ ބޯޓު ރާއްޖެ އައިސްފައިވަނީ އެކަމަށް ބޭނުންވާ ހުއްދަ ހޯދައިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައި އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ، އިމިގްރޭޝަނަށް އެންގުމަކާ ނުލާ މިއަދު ހަނިމާދޫ އެއާޕޯޓަށް އަސްކަރީ މަތިންދާބޯޓެއް ޖެއްސިކަމަށް ބުނެ، ހަބަރު ފަތުރާ ބައެއް ނޫސްތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ސައްހަ މަޢުލޫމާތެއް ނޫން ކަމަށެވެ.

އަދި އެބޯޓަށް  އިމިގްރޭޝަން ކްލިއަރެންސް ދީފައިވަނީ، އިމިގްރޭޝަނަށް ހުށަހަޅަންޖެހޭ ލިޔެކިޔުން ފުރިހަމަކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދާފައިވުމުން ކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ. 

އިންޑިއާގެ އަސްކަރީ ދެ ބޯޓު ހަނިމާދޫގައި ޖެއްސުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ބޯޓް ޖައްސާފައިވަނީ ކުރީބައިގައި އެންގުމަކާ ނުލާކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.  

މި ކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނެފައިވަނީ، އިންޑިއާގެ ސަވަޔަލެންސް ޑޯނާއެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހެނދުނު 10:25 ހާއިރު ޖައްސާފައިވާ ކަމަށާއި، އެ ބޯޓް ސެޕްޓެމްބަރު 16 ގެ ނިޔަލަށް ރާއްޖޭގައި އޮންނާނެ ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެއީ ސިލްސިލާކޮށް ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ސިފައިންނާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަކަށް ރާއްޖެ އައި ބޯޓެއް ކަމަށެވެ. 

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް