ads
ރިއާ-
ރިއާގެ ބައްޕަގެ އަސަރުގަދަ ޓްވީޓެއް
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި ބޮލީވުޑުގެ ތަރި ރިއާ ޗަކްރަބޯޓީ ކަފާލާތުގެ ދޫކުރުމަށް އެދި ހުށަހެޅުމުން، ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.

އެކަމާ ގުޅިގެން ރިއާގެ ބައްޕަ އިންދްރަޖީތް ޗަކްރަބޯޓީ މި ވަނީ އަސަރުގަދަ ޓްވީޓެއް ކޮށްފަ އެވެ. އޭނާ ބުނީ އަންހެން ދަރިފުޅާ މެދު ބޭއިންސާފުން އަމަލު ކުރާ މަންޒަރު ބަލަން އެއްވެސް ބައްޕައަކަށް ކެތް ނުވާނެ ކަމަށެވެ. އަދި އޭނާއަށް އެންމެ ރަނގަޅު ގޮތަކީ މަރުވެގެން ދިޔުން ކަމަށް ވެސް ބުނެފައި ވެއެވެ.

އޭގެ އިތުރުން އޭނާ ބުނެފައި ވަނީ މުޅި އިންޑިއާއިން ވެސް މަސައްކަތް ކުރަނީ އެއްވެސް ހެއްކެއް ނެތި ރިއާ ޖަލަށް ފޮނުވާލުމަށް ކަމަށެވެ.

ރިއާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރާ ގްރޫޕެއްގެ މެމްބަރެއް ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އަދި ރިއާ އާއި ސުޝާންތާ ދެ މީހުން ވަނީ އެ ގްރޫޕުގެ ފައިނޭންސް ބަލަހައްޓައި ދީފައި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. 

ރިއާގެ ލޯބިވެރިޔާ ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނީ ޖޫން 14 ގައެވެ. އެ މައްސަލަ ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަނުން ދަނީ ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް