ads
އިތުރު 200 ބަންގްލަދޭޝް މީހަކު ގައުމަށް ފޮނުވާލަނީ
އިތުރު 200 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފުރުމަށް ތައްޔާރުވަމުންވެފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެގައުމުގެ ވެރި ރަށް، ޑާކާއަށް ފުރުމަށް މޯލްޑިވިއަންގެ ފްލައިޓެއް ތައްޔާރުވެފައިވާ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 35 ވަނަ ދަތުރެވެ. 

އެއާއެކު މޯޅްޑިވިއަންގެ ޖުމްލަ 6732 ބަންގްލަދޭޝް މީހަކު މިވަނީ އަނބުރާ ގައުމަށް ގެންގޮސްދީފަ އެވެ. 

ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ކަމެކެވެ. 

ރާއްޖޭގައި ގަވާއިދާ ހިލާފަށް 80000 އާ ގާތް ކުރާ އަދަދަކަށް ބަންގްލަދޭޝް މީހުން އުޅޭ ކަމަށް ކަމާއި ބެހޭ އިދާރާތަކުން އަންދާޒާކުރެ އެވެ.

މިއަހަރުގެ ތެރޭގައި 20000 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް