ads
ޑރ. މުރާދު---
ކުރިއާލާ މާބޮޑު އިޝާރާތަކާއި ނުލާވެސް ހާލު ސީރިއަސް ވެދާނެ: ޑރ. މުރާދު
ކުރިއާލާ މާބޮޑު އިޝާރާތަކާއި ނުލާވެސް ހާލު ސީރިއަސްވެދާނެ ކަމަށާއި އެހެންކަމުން ގޭގައި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުންވެސް ވަރަށް ބޮޑަށް ސަމާލުވެތިބުމަށް ޑރ. މުރާދު އިލްތިމާސްކުރައްވާފި އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ އެކިއެކި ތަފާތު ސަބަބުތަކާއި ގުޅިގެން ފެސިލިޓީތަކަށް ނުގެންދެވި ގޭގައިވެސް މިހާރު ޕޮޒިޓިވް ބަލިމީހުން ބާއިތިއްބިފައި ތިބޭ ކަމަށެވެ.

ހައި ރިސްކް މީހުންގެ ތެރެއިން މާބަނޑު މީހުންނާއި ކުޑަކުދިން އަދި ދުވަސްވީ މީހުންވެސް ޕްޒެޓިވެ ގޭގައި ތިބޭކަން ފާހަގަކުރައްވާ ޑރ. މުރާދު ވިދާޅުވީ އެހެން ތިބޭއިރު ދިމާވާ ސިއްހީ މައްސަލަތަަކަށް ވަރަށް ބޮޑަށް ސަމާލުވެގެން ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ. ކޮވިޑް-19 ބައްޔަކީށް ރިސްކް ބޮޑު މީހުންނަށް ކުއްލި ގޮތަކަށް މައްސަލަ ބޮޑުވެދާނެ ބައްޔެއް ކަމަށް ވިދާޅުވި އެވެ. 

" އެހެންވީމަ ކުރިއާލާ މާބޮޑު އިޝާރާތެއްނެތިވެސް ހަމަަ ނޭވާލަން އުދަގޫވެ އެކަހަލަ ކައްތަށްތަށް ދިމާވެ ބައެއް ބޭފުޅުންނަށް. އެހެންވީމަ ގޭގަ ތިގއްބަވާއިރު މިފަދަ ސިއްހީ އަލާމަތްތަކަށް ވަރަށް ބޮޑަށް ސަމާލުވެ ތިމާއަށް އެއްވެސް ކަހަލަ އުދަގުލެއްވާކަމުގއި ވަންޏާމު ސިއްހީ އެހީތެރިކަން ހޯދުމަށް އެއޮންނަ މަގުން އެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެއް." ޑރ. މުރާދް ވިދާޅުވިއެވެ.

ގޭގައި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކުއްލިއަކަށް ދިމާވެދާނެ ސިއްހީ މައްސަލައަކަށް ސަމާލުވުމަށް ޑރ. މުރާދު އެދިލައްވާފައި މިވަނީ ހދ. ކުޅުދުއްފުށިން ކެންސަރަށް ފަރުވާ ހޯދުމަށް ފަހު ކަރަންޓީނުގައި ހުއްޓާ މީހަކު މަރުވެފައި ވަނިކޮށެވެ. އަދި އެ މީހާއަކީ ކޮވިޑް ޖެހިގެން މަރުވި މީހެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް