އެ ސެޓްފިކެޓް ރާއްޖެއާ ހަވާލު ކުރީ މިހާރު ކުރިއަށްދާ ޑަބްލިއުއެޗްއޯގެ 73 ވަނަ ސަރަހައްދީ ބައްދަލުވުމުގަ އެވެ. ރާއްޖެއިން ރުވެއްލާ ނައްތާލާފައި ވަނީ ކަނޑައެޅި ޓާގެޓަށް ވުރެ ތިން އަހަރު ކުރިންނެވެ.
ރުބެއްލާ އަކީ ރުބެއްލާ ވައިރަހުގެ ސަބަބުން ޖެހޭ ރޯގާއެއް ކަހަލަ ބައްޔެކެވެ. ބަލީގެ އަލާމާތުގެ ތެރޭގައި ހިމެނެނީ ރޯގާ ޖެހުމާއި ހަންގަނޑު ސަކަރާތްވުމެވެ. ގިނަ މީހުންގެ އަލާމާތެއް ނުފެނެ އެވެ. ބަލި އެންމެ ނުރައްކާވަނީ ބަނޑުގައި އޮންނަ ދަރިފުޅަށެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނީ ރުބެއްލާ ނައްތާލާފައި ވަނީ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔަ ވެކްސިން ކެމްޕޭނާއި، މި ބަލި ދެނެގަތުމަށް ލެބޯޓްރީތަކުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ.