ads
ފްލައިޓަކަށް ކާގޯ އަރުވަނީ-- ފޮޓޯ: ގެޓީ އިމޭޖަޒް
ކޮވިޑް ވެކްސިން ގައުމުތަކަށް އުފުލުމަށް 8000 ޖަމްބޯ ޖެޓް ބޭނުންވާނެ: އައިއޭޓީއޭ
ކޮވިޑް-19 ވެކްސިން ދުނިޔޭގެ އެކި ގައުމުތަކަށް ފޯރުކޮށްދިނުން ވެގެން ދާނީ ދަތުރުފަތުރަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކަށް އެއާލައިން އިންޑަސްޓްރީން ބުނެފި އެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) އިން ބުނީ އެ މަސައްކަތަށް ބޮއިންގް 747 ގެ 8،000 ބޯޓާ އެއްވަރުގެ އުޅަނދު ބޭނުންވާނެ ކަމަށެވެ. 

ކޮވިޑް-19 ވެކްސިނެއް އަދި އުފެއްދިފައި ނުވި ނަމަވެސް އައިއޭޓީއޭ އިން މަސައްކަތް ކުރަނީ ވެކްސިން އުފެދެންވާއިރަށް، ދަތުރުފަތުރުގެ ކަންކަމަށް ތައްޔާރުވުމަށެވެ. 

އައިއޭޓީއޭ އިން ދުނިޔޭގެ ސިއްހީ ފަރާތްތަކާއި، ބޭސް އުފައްދާ ކުންފުނިތަކާއެކު ރާވަމުންދާ ޕްރޮގްރާމުގައި ބަލާފައި ވަނީ މީހަކަށް އެންމެ ޑޯޒެއްގެ މަގުންނެވެ. 

އެކަމަކު ކޮވިޑް-19 ވެކްސިނެއް އުފެއްދިއްޖެ ނަމަ، އޭގެ ދެ ޑޯޒް ކޮންމެ މީހަކަށް ދޭން ޖެހޭނެ ކަމަށް ބެލެވެ އެވެ. 

ކޮވިޑް-19 އާއެކު ޕަސަންޖަރުން އުފުލާ ފްލައިޓު މަދުވުމުން އެއާލައިންތަކުގެ ފޯކަސް މިހާރު ވެސް ހުރީ ކާގޯ އުފުލުމަށެވެ. ނަމަވެސް ވެކްސިން އުފުލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އައިއޭޓީއޭ އިން ބުނެ އެވެ.

އެގޮތުން ވެކްސިން އުފުލާ އުޅަނދުގެ ފިނިހޫނުމިން ހުންނަން ޖެހެނީ 2-8 ޑިގްރީ ސެލްސިއަސް ގައެވެ. އަދި ޕްރޮޑަކްޝަން ކެޕޭސިޓީ ދަށް ގައުމުތަކަށް ވެކްސިން އުފުލުމަށް އިސްކަން ދޭނެ ކަމަށް އައިއޭޓީއޭ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް