ads
ތިން ރަށެއްގެ މަޝްރޫއު ހިންގަން ބަޔަކާއި ހަވާލުކުރުން--
ތިން ރަށެއްގެ ލަފާ ފުރުމުގެ މައްސަލައަށް ހައްލެއް ހޯދަން ބަޔަކާ ހަވާލުކޮށްފި
ބ. ކުޑަރިކިލު އަދި އެއަތޮޅު ދޮންފަނާއި ކިހާދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުއަށް ފަންޑުކުރާނީ އޯޕެކް ފަންޑު ފޮ އިންޓަރޭނަޝަނަލް ޑިވެލޮޕްމަންޓާއި ދައުލަތުގެ ބަޖެޓުންނެވެ. އެގޮތުން އޯޕެކުން 77 އިންސައްތަ ފަންޑުކުރަން ނިންމާފައިވާއިރު ދިވެހި ސަރުކާރުން 23 އިންސައްތަ ހަރަދުކުރާނެ އެވެ. 

އެ މަޝްރޫއުގެ ދަށުން ކުޑަރިކިލުގެ 246 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ލުމާއި 316 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން ދެ ނެރު ބައްތި އާއި 16 ބަނދަރު ބައްތި އަދި 1580 ސްކެއާ މީޓަރުގެ ޕޭވްމަންޓަކާއި އަށް މޫރިން ބްލޮކްސްގެ އިތުރުން 565،23 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވެސް ފުންކުރާނެ އެވެ. އަދި ނެރު، 1500 ކިއުބިކް މީޓަރަށް ފުންކުރަން ނިންމާފައިވާއިރު 215 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. 

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނާ ގޮތުގައި ކުޑަރިކިލުގެ ބަނދަރުގެ މަޝްރޫއަށް 33.2 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. 

އަދި ދޮންފަނުގެ 204 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓެއްލުމާއި 362 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި 20 ނެރު ބައްތީގެ އިތުރުން 18 ބަނދަރު ބައްތިލާނެ އެވެ. އަދި 1810 ސްކެއާ މީޓަރުގެ ޕޭމަންޓެއްލުމާއި ފަސް މޫރިން ބްލޮކްސް އާއި 380،28 ކިއުބިކް މީޓަރަށް ބަނދަރު ވެސް ފުންކުރާނެ އެވެ. އަދި ނެރު ވެސް 500 ކިއުބިކް މީޓަރަށް ފުން ކުރުމާއި 106 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ. އެ މަޝްރޫއަށް ހަރަދުވާނީ 31.7 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން، ކިހާދޫގައި 350 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށިލުމާއި 320 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން ދެ ނެރުބައްތި އާއި 17 ބަނދަރު ބައްތި ހަރުކުރާނެ އެވެ. އަދި 1600 ސްކެއާ މީޓަރު ޕޭމަންޓެއްލުމާއި 22 މޫރިން ބްލޮކްސް އަދި 40،700 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުން ހިމެނެ އެވެ. ނެރު ފުން ކުރާނީ 6000 އަށެވެ. އަދި 225 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ އެވެ. 

ކިހާދޫ ބަނދަރުގެ މަޝްރޫއުއަށް 43.3 މިލިއަން ރުފިޔާ ހަަރަދުވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް