ads
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް - ފޮޓޯ:
ޑްރަގު އެތެރެކުރި ހޮލެންޑް އަންހެން މީހާ ބަނޑުބޮޑު، ގާތުން ބަލަން އަންގައިފި
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހޮލެންޑްގެ ޒުވާން އަންހެން މީހާ ބަނޑުބޮޑު ކަމަށާއި އެހެންކަމުން އޭނާގެ ކަންކަން ގާތުން ރަނގަޅަށް ބެލުމަށް ކޯޓުން އަންގައިފިއެވެ.
Advertisement

އުމުރުން 21 އަހަރުގެ ހޮލެންޑް އަންހެނަކު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ މި މަހު ކުރީކޮޅުއެވެ. އޭނާގެ ބަންދަށް އޭރު ޖެހި 15 ދުވަސް ހަމަ ވެގެން އަލުން ކޯޓަށް ހާޒިރު ކުރުމުން، ހުކުރު ދުވަހުވަނީ އިތުރު 30 ދުވަހަށް އޭނާގެ ބަންދު މުއްދަތު އިތުރުކޮށްފައެވެ. 

މި އަންހެން މީހާގެ މައްޗަށްކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.

މި އަންހެން މީހާގެ ލަގެޖުން ފަސް ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް