ads
ބެއިރޫތުގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް--
ބެއިރޫތުގެ ބަނދަރުގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް
ލުބުނާންގެ ވެރިރަށް، ބެއިރޫތުގެ ޕޯޓު ސަރަހައްދުގައި އަނެއްކާ ވެސް އަލިފާން ރޯވެ އަނދަން ފަށައިފި އެވެ.

އެ ހާދިސާ ހިނގާފައި މިވަނީ މިދިޔަ މަހުގެ ތެރޭގައި ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވާއި ބޮޑު ގެއްލުމެއް ލިބުނުތާ މަސް ދުވަސް ފަހުންނެވެ. 

މިހާރު ރޯވެގެން އުޅޭ ސަރަހައްދުގައި އަލިފާން ރޯވި ސީދާ ސަބަބު އަދި ސާފު ނުވި ނަމަވެސް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަލިފާން ރޯވެގެން އުޅެނީ ތެޔޮ އަދި ޓަޔަރު ފަދަ ސާމާނު ރައްކާކޮށްފައި ހުރި ގުދަނެއްގަ އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު އެގައުމުގެ ފަޔާ ފައިޓަރުން ދަނީ ކުރަމުންނެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ޕޯޓު ސަރަހައްދުގައި އަލިފާން ރޯވާން މެދުވެރިވީ ބެއިރޫތުގެ މީގެ ހަ އަހަރުކުރިން އެތަނުގައި ބެހެއްޓި 3000 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުންނެވެ. އެއްވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅާއި އެތަނުގައި އެ ސަމާނު ބަހައްޓާފައި ހުރިއިރު މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ އިރުއޮއްސެނިކޮށް ވަނީ އެ ސަރަހައްދު ބާރުގަދަ ގޮވުމަކާއެކު ބޮޑު ގެއްލުމެއް ވެސް ލިބިފަ އެެވެ.  

އެ ހާދިސާގައި 200 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވިއިރު އެތައް ބައެއްގެ ގެދޮރަށް ގެއްލުންވެ އެތައް ޒަހަމްތަކެއް ވެސް ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް