ads
ޖީއެސްޓީއަށް ރަޖިސްޓްރީކުރުން ލާޒިމުވާ ވިޔަފާރިއަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ނުކޮށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ވެސް، ޓެކްސް ނަގަން ޖެހޭ - ފޮޓޯ:ޝަޓަސްޓޮކް
ޕްލާސްޓިކު ކޮތަޅުން ދައުލަތަށް ހަތަރު މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން ދައުލަތަށް މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި ހަތަރު މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފި އެވެ.

ކޮތަޅުން ފީ ނަގަން ފެށުމަކީ މިދިޔަ ސަރުކާރުން ގެންގުޅުނު ޕްލާސްޓިކް މަދު ކުރުމުގެ ސިޔާސަތުގެ ދަށުން ފެށި ކަމެކެވެ. އެގޮތުން ޑިއުޓީ ފްރީއިންނާއި، ތާޒާ މަސް އަޅަން ދޭ ކޮތަޅު އަދި ޑަސްބިން ކޮތަޅު ނޫން ހުރިހާ ބާވަތެއްގެ ޕްލާސްޓިކު ކޮތަޅަކުން ވެސް ދެ ރުފިޔާއެއް ފީއެއް ނަގަ އެވެ.

މިއާއެކު މީރާގެ އާމްދަނީ ރިޕޯޓުގައި މިދިޔަ އަހަރުގެ މެއިމަހުން ފެށިގެން ޕްލާސްޓިކް ކޮތަޅު ފީއިން ލިބޭ އާމްދަނީ ވަނީ ހިމަނަން ފަށާފައެވެ.

މީރާއިން އެންމެފަހުން އާއްމުކޮށްފައިވާ މިއަހަރުގެ އޭޕްރީލްމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިހާތަނަށް 4 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް މި ފީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ މިދިޔަ އޭޕްރީލްމަހު އެވެ.

ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ

ޖެނުއަރީ : 1.4 މިލިއަން ރުފިޔާ
ފެބްރުއަރީ : 749422 މިލިއަން ރުފިޔާ
މާރޗް : 715400 މިލިއަން ރުފިޔާ

އޭޕްރީލް : 1،183،572 މިލިއަން ރުފިޔާ

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދަކީ ދައުލަތަށް ނެގޭ ޓެކުހެކެވެ. އަދި އެ ފަރާތްތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ ޖުމްލަ އަދަދު ޓެކްސްގެ ގޮތުގައި މީރާއަށް ހަމައަށް ދައްކަންޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް