ads
ޒުވާނުންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް ދިރުވަންޖެހޭ: ހުތުބާ
ޒުވާނުންގެ ހިތްތަކުގައި ގައުމީލޯބި އާލާކޮށް ދިރުވަންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ރައުސްމާލުކަމަށެވެ. އަދި ގައުމެއް ތަރައްގީވެ ކުރިއަރައި ދިއުން ބިނާވެފައިވަނީ ވަނީ ގައުމުގެ ޒުވާނުންގެ ހުނަރާއި ސުލޫކާއި އެ މީހުންގެ ހަރުދަނާ އަގީދާގެ މައްޗަށް ކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. މިހެންކަމުން އިސްލާމް ދީނުގައި ޒުވާނުންނަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް ދީ، ހަރުދަނާ ގާބިލު ބަޔަކަށް ހެދުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމަށް ހުތުބާގައި ވެއެވެ. އަދި ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފުސާއި މުދަލުން ވެސް ދީނާއި ގައުމަށްޓަކައި ގުރުބާންވާނޭ ބަޔެއްކަމަށް ހުތުބާގައިވެ އެވެ. 

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ޒުވާނުންނަކީ ގައުމު އެމީހުންނާއި މެދު ފަހުރުވެރިވާ ބަޔަކަށް ހެދުމަށް މައިންބަފައިން އެމީހުންގެ ޒިންމާ ފުރިހަމައަށް އުފުލަންޖެހޭކަމަށެވެ. އަދި މިނޫނަސް އެންމެހާ ޒިންމާދާރު ފަރާތްތަކުން ވެސް އެ ޒިންމާ އުފުލަންޖެހޭ ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްގެ ގޮތުގައި ޒުވާނުން އިސްލާމީ އަޤީދާއާއި، މަތިވެރި އަހްލާގެއްގެ މަތީގައި ތަރުބިއްޔަރު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.

"ޒުވާނުން އިސްލާމް ދީނަށް ލޯބި ޖައްސައި، އިސްލާމް ދީނުގެ މަތިވެރި އަސާސްތަކުގެ މަތީގައި ދިރިއުޅޭން ދަސްކޮށްދޭންޖެހޭ ފަދައިން، ޒުވާނުންގެ ހިތްތަކުގައި ޤައުމީ ލޯބި އާލާކޮށް ދިރުވަންޖެހޭ އެވެ." ހުކުރު ހުތުބާގައި ވެއެވެ.

ހުތުބާގައި ބުނެފައިވަނީ ޒުވާނުންނަކީ ގައުމުގެ އުންމީދު ކަމަށެވެ. އަދި ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ އެކަމުގެ މައްޗަށް އެ ޒުވާނާގެ އާއިލާތަކާއި މުޅި ގައުމު ހިތާމަކުރާނޭ ކަމެއްކަމަށް ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހުތުބާގައި އިތުރަށްބުނެފައިވަނީ، ތަރައްޤީއާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކާމިޔާބުވާނީ ގައުމުގެ ޒުވާނުންނާއި، ހެދި ބޮޑުވަމުން އަންނަ ޖީލަކީ ހެޔޮލަފާ ބަޔަކަށް ވެގެން ކަމަށް ހުތުބާގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް