ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް
މިއީ އެއްބާރުލުން ދޭންވީ ވަގުތު! މިކަމުން އަރައިގަންނާނީ އެކުއެކީގައި!
ދެހާސްބާރަ ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހުގެ ފަހުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު މެމްބަރުން ތަހައްމަލު ކުރަމުން އައީ އުނދަގޫ ދުވަސްތަކެކެވެ. އަމިއްލަ ވެރިކަމެއް އަތުން ގެއްލި އެމްޑީޕީގެ ރައީސް ޖަލަށް ލެވުމުން ޕާޓީގެ މެމްބަރުން ގިނަ ދުވަސް ހޭދަކުރަމުން އައީ މަގުމަތީގައި އިހުތިޖާޖް ކުރުމުގައެވެ. ހާލަތު ނިޔާކުރި ގޮތުން ސިޔާސީ އިތުރު ޕާޓީތަކާއި އެކު ހެދުނު ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީއަށް އަލުން ވެރިކަން ލިބިގެންދިޔައީ އެވެ. އެމްޑީޕީގެ މެމްބަރުންނާއި ރާއްޖޭގެ ގިނަ ބަޔަކަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވީ އެވެ.

ގައުމުގެ ހަމަޖެހުން ހިފަހައްޓާ ހިންގުން ހަރުދަނާ ކުރުމަށް، ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ނިޒާމު ހަރުދަނާކުރަންޖެހެ އެވެ. އަދި އެކަން ކުރެވެން އޮތް އެންމެ ރިވެތި މަގަކީ އަޅުގަނޑުމެންގެ ރާއްޖޭގައި އޮތް ޑިމޮކްރަޓިކް ހަމަތައް ކަޑަތުކުރުމެވެ. ޤާނޫނީހަމަ ބޭނުންކުރައްވާ ޤާނޫނާއި އެއްގޮތަށް އަމަލުކުރެއްވުމެވެ. އަދި އެހަމަތަކުގެ މަތީގައި ތިބުމަކީ ސިޔާސީ ވެރީން ރައްޔިތުންނަށްވީ ވައުދެކެވެ. ގައުމުގެ މަސްލަހަތާއި އަމަން އަމާންކަމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ލިބިގެންވާ ބާރާއި އެ ބާރުގެ ތެރެއިން ކަންކުރަންވީ މަގު ގާނޫނުތަކުގައި ބަޔާންކޮށްފައިވެ އެވެ. މިސާލަކަށް އެއީ ވަޒީރަކު މަގާމުން ދުރުކުރުން ކަމުގައި ވީނަމަވެސް ކަންކުރަންވީ ގޮތް ވަރަށް ސާފުކޮށް ޤާނޫނުއަސާސީގައި ވެސް ބަޔާންކޮށްފައި އެބަވެއެވެ. އެހެންނަމަވެސް ރާއްޖެ މިއަދު މިއޮތީ އެފަދަ "ސިޔާސީ މަސައްކަތެއް" ކުރުމަށް ތައްޔާރަށް ތޯއެވެ؟

އަދު މިރާއްޖެއަށާއި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ވަބާއިން އަރައިގަތުމަށް ވަނި މަޖުބޫރުވެފައެވެ. އެކަން ކުރެވެން އަންނަނީ ފަރުދީ މަސައްކަތަކަށް ވުރެ އެންމެން ގުޅިގެން ކުރެވޭ ބުރަ މަސައްކަތުންނެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންވެސް ހިމެނޭހެން ކުރެވޭ މަސައްކަތުންނެވެ. ގައުމު ރަނގަޅަށް ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން މިވަގުތު ބޭނުންވާނެ އެވެ. ކުރިން ބުނި "ސިޔާސީ މަސައްކަތް" ކުރުމަށް އަދި ގައުމު ތައްޔާރެއް ނުވެއެވެ. 

އެމްޑީޕީގެ އެންމެ އިސްފަރާތުގެ ގޮތުގައި މިވަގުތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ އެމްޑީޕީގެ މެމްބަރުން އެމަނިކުފާނަށް އިތުބާރުކުރައްވާ ދިން ރިޔާސީ ޓިކެޓުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީތީ އެވެ. އަސާސީ ގަވައިދު ވަރަށް ސާފެވެ! 

އެމްޑީޕީގެ މެމްބަރުން އެ ޕާޓީގެ އެންމެ އިސްފަރާތަކަށް ރައީސް ސޯލިހް ހަމަޖެއްސެވި އިރު، އެޕާޓީއަށް އަދި ގައުމަށްވެސް ގެއްލުންވާނޭފަދަ ކަމެއް އެމަނިކުފާނެއް ނުކުރައްވާނެއެވެ. އަދި އެމްޑީޕީ ސާފު ޕާޓީއެއްގެ ގޮތުގައި ބޭއްވުމަށް އަދި ސަރުކާރުގެ ސާފުކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްވެސް ރައީސް ސޯލިހް އެގެންދަވަނީ ކޮރަޕްޝަނަށް ދީފައިވާ "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތުން ސާބިތު ކޮށްދެއްވަމުންނެވެ. 

ބައެއް އެހެން މަގާމުތަކާއި ހިލާފަށް އެމްޑީޕީގެ އެންމެ އިސްފަރާތުގެ ހަމައެކަނި މަސްއޫލިއްޔަތަކީ ސިޔާސީ މަސައްކަތް ކުރެއްވުމެ އްނޫނެވެ. ޤާނޫނީ ހަމަތަކުން ކަންކަން ދޭތޯ ބެލުމަކީވެސް އެމްޑީޕީގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން ރައީސް ސޯލިހް މިއަދު ކުރައްވަމުން އަންނަ ބުރަ މަސައްކަތްޕުޅެކެވެ. 

ސިޔާސީ މަސައްކަތްތައް ހަވާލުކުރެވިފައިވާ ފަރާތަކާއި ހިލާފަށް އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ރައީސް ސޯލިހް ކަންކަމާއި މެދު މާފުންކޮށް ވިސްނަވާނެ ކަމާއި މެދުވެސް ސުވާލެއް ނެތެވެ. ވީއިރު އެމަނިކުފާނު އައްޔަނު ކުރައްވާ މަގާމެއްގައި ހުންނަވާ ބޭފުޅަކު މަގާމުގެ މަސްއޫލިޔަތުން އެކަހެރިވާން ޖެ ހޭކަމަށް ފެންނަނަމަ، އެކަން އެމަނިކުފާނު ފާހަގަވެސް ކުރައްވާނެ އެވެ. 

އިތުރު "ސިޔާސީ މަސައްކަތް" ކުރުމުގެ ބޭނުމެއް މިވަގުތަކު ނެތެވެ.

އެމްޑީޕީގެ އެތެރޭގެ ނުތަނަވަސްކަމެއްގައި ވަގުތު ނަގާލެވޭކަށް ނެތެވެ. ރައީސުލްޖުހޫރިއްޔާ އަދި އެމްޑީޕީގެ މިވަގުތުގެ އެންމެ އިސްފަރާތަށް ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުންދީ ގައުމު ވެއްޓިފައި މިވާ ކޮވިޑްގެ އަނދަވަޅުން ނެގުމަށް އާހިތްވަރަކާއި އެކު މަސައްކަތް ކުރަން ޖެހެ އެވެ. އެތެރޭގެ ސިޔާސީ ވާދަވެރިކަމާއި އިންޓާނަލް ޑިމޮކްރަސީގެ ނަމޫނާ ދެއްކެން އޮތީ ގައުމު ސަލާމަތްކުރުމަށްފަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް