 
                                                                                                
                    ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު މާލެ މަޖީދީ މަގުގައި ވަނީ ޒުވާނުންގެ ސައިކަލް ބުރެއް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އެސައިކަލް ބުރު ފުލުހުން ވަނީ ހުއްޓުވާ 41 މީހަކު ވަނީ ހައްޔަރު ކޮށްފައިވެއެވެ.
އެކަން ކުއްވެރިކޮށް ޕީޕީއެމް އިން ނެރުނު ބަޔާނުގައި ވަނީ އެ ސައކަލް ބުރަކީ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލަހަވެރި ސައިކަލް ބުރެއްކަމަށާއި އެ ސައިކަލް ބުރުގެ ތެރެއިން ގިނައަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވާތީ އެކަން ކުއްވެރި ކުރާކަމަށް ބުނެފައެވެ. އަދި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށާއި ނަމަވެސް އެ މިންގަނޑުތަކާއި ހިލާފުވެވިފައިވަނީ ފުލުހުންގެ އަމަލުތައް ހުރިގޮތުން ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނުގައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ހިލާފަށް އެއްވުންތައް ބާއްވާ ފަރާތްތަކާއި އެފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މީގެ ކުރިން ދީފައިވެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއް ނުވުމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، އެޗްޕީއޭގެ އިރުޝާދުތަކާ އެއް ގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވުން ބާއްވާ ފަރާތްތަކާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުުން ވަނީ ބުނެފަ އެވެ.
މީގެ ކުރިންވެސް އިދިކޮޅި ކޯލިޝަނުން މިފަދަ ސައިކަލް ބުރުތކާއި މުޒާހަރާތަކާއި އެއްވުންތައް ކުރިއަށް ގެންގޮސްފައިވެފައެވެ.