ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް ތަސްލީމާ އުސްމާން ސީއެންއެމްއަށް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.
އެކަމަކު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައުމޫނާގެ މަންމަ ނިޔާވި ހަބަރު އެހީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
"މިފަދަ ނާޒުކު ދަތި އުނދަގޫ ވަގުތެއްގައި މައިމޫނާ އަށާއި އާއިލާއަށް ލިބިވަޑައިގަތް ހިތާމައަށް އިހުލާސްތެރި ތައުޒިޔާ ދަންނަވާ މަރްހޫމާއަށް ސުވަރުގެ މިންވަރު ކުރައްވާށި،" ނަޝީދުގެ ޓްވީޓުގައިވެ އެވެ.
އެކަމަކު އޮޅުމެއްގެ ސަބަބުން ކުރެއްވި އެ ޓްވީޓު މިހާރު އެމަނިކުފާނު ވަނީ ޑިލީޓްކުރައްވާފަ އެވެ.