އެ ބައްދަލުވުން އޮތީ އިއްޔެ ހަވީރު ކަންގަނާގެ އެދުމުގެ މަތިން ރާޖް ބަވަން ގައެވެ. ރާޖް ބަވަން އަކީ ގަވަރުނަރު ރަސްމީކޮށް ދިރިއުޅުއްވާ ތަނެވެ.
ގަވަރުނަރު ކުރިން ވެސް ވަނީ ބޮމްބޭ މުނިސިޕަލް ކޯޕޮރޭޝަނުން ކަންގަނާގެ އޮފީސް ތަޅާލި މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
އޭގެ އިތުރުން ހިންދޫ ކަނާއަތު ފިޔައިގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޝިވް ސެނާގެ ލީޑަރު ސަންޖޭ ރައުތްއާ ވެސް ކަންގަނާ މި ވަނީ މައްސަލަ ޖެހިފަ އެވެ.
ސަންޖޭ ރައުތް ހިތްހަމަނުޖެހުން ފާޅުކުރީ މުމްބާއީ އަކީ ޕާކިސްތާނުގެ ކަޝްމީރު ފަދަ ތަނަކާ އެއް ހަމަކޮށް ކަންގަނާ ޓްވީޓު ކުރުމުންނެވެ.
ކަންގަނާގެ ދިފާއުގައި މަހަރާޝްތްރަގެ ކުރީގެ ޗީފް މިނިސްޓަރު ދެވެންދްރަ ފަދްނަވީސް ވަނީ ތެދުވެފަ އެވެ. އެކަމަކު އޭނާ ވެސް ވަނީ ކަޝްމީރާ މުމްބާއި އެއް ހަމަ ކުރުމުން ފާޑުކިޔާފަ އެވެ.