ads
ދުވާފަރު--
ރ. ދުވާފަރު މަގުތައް ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް
ރ. ދުވާފަރު ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. 

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 4،960 ސްކެއާ މީޓަރުގެ ސަރަހައްދެއް ގާއިމްކޮށް، މަގުގައި ދުއްވޭ ގޮތަށް 17،790 ސްކެއާ މީޓަރުގެ ސަރަހައްދެއް ހަދަން ޖެހޭ ކަމަށެވެ. 

އޭގެ އިތުރުން ކޭބަލް ހޮޅި ވަޅުލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. 

މިއީ 300 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

އެމްޓީސީސީން ދަނީ އެކި ރަށްރަށުގައި ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ. އޭގެ ތެރޭގައި މަގު ހެދުމާއި، ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ މަޝްރޫއުތައް ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް