މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް
މާފަރު އެއާޕޯޓަށް ދަތުރުތައް ފަށައިފި
01 ޑިސެމްބަރ 2019 - 13:18:35
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ދަތުރުތައް ފަށައިފި އެވެ.

މާފަރަށް ދަތުރުތައް ފެށުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔަ މޯލްޑިވިއަންގެ ބޯޓެއް މިއަދު ހެނދުނު ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފަ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ސަރުކާރުން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނަށެވެ.
މާލެއިން ފުރައިގެން ގާތްގަނޑަކަށް ސާޅީހަކަށް މިނެޓްގެ ތެރޭގައި ދެވޭ ހިސާބުގައި އޮތް މާފަރު އެއާޕޯޓް ހެދުމަށް 60 މިލިއަން ޑޮލަރު ފަންޑްކުރީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިންނެވެ.
މޯލްޑިވިއަނުގެ ދަތުރުތައް މާފަރަށް މިއަދު ހެނދުނު ފެށިއިރު ދަތުރުތައް ފެށުން ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލު ކުރީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ވެސް ޖައްސާފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރާ ދަތުރެއްގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 750 ރުފިޔާ އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ޖެއްސޭ ގޮތަށް ހަދާފައިވާ އެއާޕޯޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް