ads
އަދީބު---
އަދީބުގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި މާދަމާ އަށް ތާވަލްކޮށްފި
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލް ކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި މާދަމާ އަށް ތާވަލް ކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އިއްވި ހަތް ދައުވާ ކުރިމިނަލް ކޯޓުން ބާތިލްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

އަދީބުގެ މައްޗަށް ފަހުން އިއްވާފައިވާ ހަތްދައުވާ އަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.

ހައިކޯޓުގައި މާދަމާ ޝަރީއަތް ތާވަލްކޮސްފައިވަނީ މެންދުރު ފަހު 2:00އަށެވެ.

ހައިކޯޓުގައި އަދީބުގެ އިސްތިއުނާފު މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ނިިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. 

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ކޮށްފައިވާއިރި އެ ދައުވާތައް ކޮށްފައިވަނީ ޕީޖީ އޮފީހާއި އަދީބާއި ދެމެދު ހަދާފައިވާ އިއުތިރާފް އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށެވެ 

އަދީބުގެ ދައުވާތަށް ކުރިމިނަލް ކޯޓުން ބާތިލްކުރީ ގާޒީ އިސްމާއީލް ރަޝީދެވެ. 

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ބާތިލްކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބަލަން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް