ads
ކޮވިޑަށް ޕޮޒިޓިވްމުން މަލައިކާ ދަރިފުޅާ ބައްދަލުކުރަނީ މިގޮތަށް!
ކޮވިޑް-19 އަށް ޕޮޒިޓިވްވެ މަލައިކާ އަރޯރާ ހުރީ ގޭގައި އައިސޮލޭޓްވެގެންނެވެ. ލޯބިވެރިޔާ އަރްޖުން ކަޕޫރު ކޮވިޑަށް ޕޮޒިޓިވްވިކަން އިއުލާންކުރިތާ މާގިނައިރުތަކެއް ނުވެ މަލައިކާ ވެސް އޭނާއަށް ކޮވިދް ޖެހިފައިވާކަން އިއުލާންކުރި އެވެ.

ކޮވިޑް ޖެހުމުން ގޭގައި އައިސޮލޭޓްވެގެން ހުންނަން ޖެހުމުން މަލައިކާ މިވަނީ އަސަރުގަދަ ޕޯސްޓެއް ކޮށްފަ އެވެ. އެގޮތުން އޭނާގެ ދަރިފުޅުގެ އިތުރުން އެމީހުން ގެންގުޅޭ ކުއްތާގެ ގައިގައި ބައްދާލަން ނުލިބުމަކީ ހިތްފަޅައިގެންދާ ވަރުގެ ކަމެއް ކަމަށް ބުންޏެވެ. 

މަލައިކާ ހިއްސާކުރި ފޮޓޯގައި ފެނިގެންދަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އަރްހާން އާއި އެމީހުން ގެންގުޅޭ ކުއްތާ ފާރެއްގެ އެއް ފަޅީގައި ބޯދިއްކޮށްގެން ހުރި މަންޒަރެވެ. އެގޮތުން ކަރަންޓީނުގައި ހުރެ އިޖުތިމާއީ ގައިދުރުމާއެކު ބައްދަލުކުރަނީ ކަމަށް ބުނެފައިވެ އެވެ. 

އަރުޖުން ކޮވިޑަށް ޕޮޒިޓިވްވެ އައިސޮލޭޓް ވެފައިވާއިރު މީގެ ކުރިން އަރްޖުންގެ ބައްޕަގެ ގޭގައި މަސައްކަތް ކުރަމުން އައި ބަޔަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އަދި ބޮލީވުޑް ތަރިންގެ ތެރެއިން އަމީތާބު ބައްޗަން އާއި އައިޝްވާރިޔާ އަދި އަބީޝޭކް ފަދަ ތަރިން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

އަރުހާނަކީ އަރުބާޒާއި މަލައިކާ އަރޯރާގެ ކައިވެނީގައި ލިބުނު ހަމައެކަނި ދަރިފުޅެވެ. ވިހި އަހަރު އެކުގައި އުޅުމަށް ފަހު މަލައިކާ އާއި އަރްބާޒް ވަކިވެފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް