މީގެ ކުރިން ވެސް ހިތުގެ މައްސަލަތައް ކުރިމެތިވެ ސިއްހީ ހާލުކޮޅުދެރަވެ އެޑްމިޓްކޮށްގެން ފަރުވާދީފައިވާ އުމުރުން 94 އަހަރުގެ ވެލެރީ އަށް މިހާރު އައިސީޔޫގައި ފަރުވާދެމުން ދަނީ ނޭވާލާން އުނދަގޫވުމުގެ ސަބަބުން ހާލުކޮޅު ދެރަވެގެން ކަމަށް ރިޕޯޓްތައް ބުނެެއެވެ.
ސިއްހީ ހާލަތު ދަށްވެގެން ރައީސް ވެލެރީއަށް ފަރުވާދެމުން ދަނީ ފްރާންސްގެ ވެރިކަންކު ރާ ޕެރިސްގެ ޖޯއޯޖެސް ޕޮމްޕިޑޯ ހޮސްޕިޓަލްގަ އެވެ.
ފްރާސްގެ ވެރިކަން 1974 ވަނަ އަހަރުން ފެށިގެން 1981 ވަނަ އަހަރާއި ހަމައަށް ކުރެއްވުމަށް ފަހު ދެން އައި އިންތިހާބުން ނާކާމިޔާބު ވެވަޑައިގަތުމާއި ގުޅިގެން ރައީސް ވެލަރީ ވަނީ ސިޔާސީ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގެންފަ އެވެ.