ads
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު-- ފޮޓޯ: ރާއްޖެ އެމްވީ
ފެނަކަ ކޯޕަރޭޝަންގެ ހިންގުން އައިއެސްއޯ ސްޓޭންޑަޑަށް ގެނެސްފި
ފެނަކަ ކޯޕަރޭޝަނުން އައިއެސްއޯ ސްޓެންޑަޑުގެ ކޮލިޓީ މެނޭޖްމަންޓާއި، އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ސެޓްފިކެޓް ހާސިލްކޮށްފި އެވެ.

އޭގެ ތެރެއިން ISO 9001:2015 ކޮލިޓީ މެނޭޖްމަންޓު ނުވަތަ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަކީ ރަނގަޅު ފެންވަރެއްގެ ހިދުމަތަކަށް ވުމުން ލިބުނު ބައިނަލްއަގްވާމީ ސެޓްފިކެޓެވެ.

އަދި 45001:2018 ISO އަކީ ކުންފުނީގެ މަސައްކަތުގެ މާހައުލަކީ އެކަށީގެންވާ މިންވަރަށް ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ މާހައުލަކަށް ވާތީ ލިބުނު ސެޓްފިކެޓެވެ. 

ބައިނަލްއަގްވާމީ މިންގަނޑަށް ފެނަކައިގެ މަސައްކަތްތައް ގެންދެވުން ފާހަގަކުރުމުގެ ގޮތުން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވަނީ މުވައްޒަފުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވާފަ އެވެ. 

އައިއެސްއޯ މިންގަނޑަށް ފެނަކަ ދިޔުމާއެކު ކުންފުނީގެ ލަނޑުދަނޑި އާއި، ލަނޑުދަނޑި ހާސިލްކުރަން މަސައްކަތް ކުރަން ޖެހޭ ގޮތުގެ އުސޫލާއި، މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކާއި، މަސައްކަތާއި ގުޅުން ހުރި މުހިއްމު މައުލޫމާތު އެއް ކުރެވޭ ފޯމެޓްތަކާއި، ރިޕޯޓުތައް ހުށަހަޅަން ޖެހޭ ފަރާތްތަކާއި، މަސައްކަތް ބަލާ ޗެކްކުރާނެ ނިޒާމް ގާއިމްކޮށް އެއަށް އަމަލު ކުރަމުން ދާނެ އެވެ. 

ފެނަކައިން ބުނީ އާ މިންގަނޑުތަކާއެކު ކޮންމެ ޑިޕާޓްމަންޓަކަށް ވެސް ހާސިލްކުރަން ޖެހޭ ސްމާޓް ލަނޑުދަނޑިތަކެއް ކަނޑައަޅާފައި ވާނެ ކަމަށާއި، ލަނޑުދަނޑިތައް ވާނީ ކުންފުނީގެ ތަސައްވަރާއި ވަކިވަކި މުވައްޒަފުންގެ ޕަފޯމަންސް އިންޑިކޭޓާޒް އާ ގުޅުވާފައި ކަމަށެވެ. 

މިއީ ފެނަކައިގެ ގެއްލިފައިވާ އިތުބާރު ހޯދަން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ފެނަކައިން ނެރުނު ބަޔާނެއްގައި ވެއެވެ. 

ފެނަކައިގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި 2018 ވަނަ އަހަރާ ހަމައަށް އެ ކުންފުނި ހިންގަމުން ދިޔެއީ ގެއްލުމުގައި ކަމަށްވި ނަމަވެސް، 2019 ވަނަ އަހަރުން ފެށިގެން ފައިދާވާން ފަށާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް