ads
ރޭޕްއާ ދެކޮޅަށް ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން-- ފޮޓޯ: ސީއެންއެމް
އޮގަސްޓް މަހުގެ ތެރޭގައި ރޭޕްގެ ތިން މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި
މިދިޔަ އޯގަސްޓް މަހު ޖެންޑާ މިނިސްޓްރީއަށް ރޭޕްގެ ތިން މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދު އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 28 މައްސަލަ މިދިޔަ މަހު ރިޕޯޓުކުރި އެވެ. 

އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ނަފްސާނީ އަނިޔާ ކުރުމާއި އަނގަބަހުން ކުރެވޭ އަނިޔާތަކާއި، ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. 

ނަފްސާނީ އަނިޔާގެ 10 މައްސަލައަކާއި، ޖިސްމާނީ އަނިޔާގެ 10 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައި ވެއެވެ. އޭގެ އިތުރުން ރޭޕްގެ ތިން މައްސަލަ އާއި، ޖިންސީ އަނިޔާގެ ދެ މައްސަލަ އާއި، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ، މާލީ އަދި އިގްތިސޯދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ އެއް މައްސަލަ އަދި އިހުމާލުވުމުގެ އެއް މައްސަލަ ވެސް މިދިޔަ މަހު ހުށަހެޅި އެވެ. 

ތަފާސްހިސާބުގައިވާ ގޮތުން 22 އަންހެނަކާއި ހަ ފިރިހެނަކަށް ވަނީ މިދިޔަ މަހު މި މައްސަލަތައް ކުރިމަތިވެގެން ރިޕޯޓުކޮށްފަ އެވެ. 

މިދިޔަ މަހު ޖުމްލަ 184 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، އޭގެ ތެރޭގައި ރޭޕްގެ ތިން މައްސަލަ ހިމެނެ އެވެ. 

your imageއޮގަސްޓް މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ޖިންސީ ތަފާތު ކުރުމާ ގުޅުން ހުރި މައްސަލަތަކުގެ ތަފާސްހިސާބު--

މިފަހަކަށް އައިސް ރޭޕްގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރެވެ. އަދި ރޭޕް އާއި ޖިންސީ އަނިޔާއާ ދެކޮޅަށް ވަނީ ސިލްސިލާ މުޒާހަރާތަކެއް ބާއްވާފަ އެވެ. 

މިމަހުގެ 11 ވަނަ ދުވަހު ވަނީ އއ. ބޮޑުފުޅަދޫގައި، ނުކުޅެދުންތެރިކަން ހުންނަ މީހަކު ރޭޕްކުރިކަމުގެ ތުހުމަތަށް އެ ރަށުން ދެމީހަކު ހައްޔަރުކޮށްފަ އެވެ. 

އޮގަސްޓް މަހުގެ ތެރޭގައި ވެސް ވަނީ އައްޑޫ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. 

ރޭޕްއާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރާތީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ރޭޕް ފަދަ ކުށްތަކުން އަންހެނުންނާއި ކުޑަކުދިން ރައްކާތެރި ނުކުރެވި ދައުލަތުގެ ނިޒާމް ފެއިލްވެފައި އޮންނަތާ ކިތައްމަ ދުވަހެއް ވެއްޖެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ލިސްޓަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މި މަހު ވަނީ ފާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް