ads
ރައްޔިތުންގެ މަޖިލިސް--
އެންއައިސީގެ މެމްބަރުކަމަށް ނަންތައް މަޖިލީހަށް ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްގެ މަގާމުން އަހްމަދު ސުލައިމާން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ލަފާދެއްވާފައިވާ ގޮތަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު، ރައީސް ސޯލިހް އަހްމަދު ސުލައިމާން އެ މަގާމުން ވަކިކުރައްވާފައިވާތީ އެވެ.

ސުލައިމާން ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަސް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.  

މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ ސުލައިމާންގެ އިތުރުން އެ ކޮމިޝަނުގައި ދެން ތިއްބެވި ތިން މެމްބަރުން ވެސްމަގާމުން ވަކިކުރުމަށެވެ. އެހެންނަމަވެސް އެ ތިން މެމްބަރުން ވަކިކުރުމުގެ ކުރިން އެބޭފުޅުން ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައެވެ. އެއާއި އެކު މިހާރު އެކޮމިޝަނުގައި އިންނަވަނީ އަހުމަދު ޖިހާދު އެކަންޏެވެ. ޖިހާދު އަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުންނެވެ.

ސުލައިމާން އެންއައިސީގެ ރައީސް ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ. އެމަގާމުން އޭނާ އިސްތިއުފާ ދެއްވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އެންއައިސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ މާރިޗު މަހުއެވެ.

އެންއައިސީއަކީ ފުލުހުންނާއި ސިފައިންނާއި ކަރެކްޝަން ފަދަ އިދާރާތަކުގެ މުވައްޒަފުންގެ މައްސަލަތައް ބަލާ ތަހުގީގު ކުރުމަށާއި ދައުވާ ކުރުމަށް ފޮނުވުމަށް 2015 ވަނަ އަހަރު އުފައްދާފައިވާ ކޮމިޝަނެކެވެ.

އެންމެ ފުރަތަމަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އެކޮމިޝަން އުފައްދާފައިވާއިރު އޭގެ ފަހުން 2016 ވަނަ އަހަރު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް