ads
އއ. އަތޮޅު ކައުންސިލުގެ އެސްޖީ މުހައްމަދު ޝަފީގު
އއ. އަތޮޅު ކައުންސިލުގެ އެސްޖީ ސަސްޕެންޑުކޮށްފި
ވަކި ސަބަބެއް އެންގުމެއް ނެތި އއ. އަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝަފީގު ސަސްޕެންޑުކޮށްފި އެވެ.
Advertisement

ޝަފީގު މީޑިއާގައި ވިދާޅުވީ، މަގާމުން ސަސްޕެންޑުކުރިކަން އެނގިވަޑައިގަތީ އެދުވަހު އޮފީހަށް ނުކުންނަވާ އޮފީހުގެ މަސައްކަތުގައި އުޅުއްވަނިކޮށްކަމަށެވެ. އަދި މިދިޔަ ހޯމަދުވަހުން ފެށިގެން މަގާމުން ސަސްޕެންޑްކުރިކަން އަންގާފައި އޮތް ނަމަވެސް ސަސްޕެންޑްކުރީ ކީއްވެކަމެއް އަންގާފައި ނުވާކަމަށް ޝަފީގު ވިދާޅުވިއެވެ.  

ޝަފީގު ސަސްޕެންޑްކުރިކަން އަންގާ ފޮނުވި ލިޔުމުގައި ވަނޏ އޭނާ ސަސްޕެންޑުކުރީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މުސާރަ ލިބޭ ގޮތަށްކަމަށެވެ. އަދި އެ ލިޔުމުގައި ހަމައެކަނި އޮތީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީކަމަށްކަމަށެވެ. ކޮން މައްސަލައެއް ކަން ބުނަފައެއް ނުވެއެވެ. 

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ހަރަކާތްތަކުގައިވެސް އިސްކޮށް އުޅޭ ޝަފީގު ސަސްޕެންޑްކުރީ ރައީސް މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތާއި ދިމާކޮށް ސޯޝަލް މީޑިއާގައި ލިޔުނު ޅެން ބައިތަކާއި ގުޅިގެންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް