ads
ރިއާ-
ޑްރަގާ ގުޅޭ ވާހަކަ ދައްކަން ރިއާ ބޭނުންކުރީ މަންމަގެ ފޯނު
ސުޝާންތު ސިންގް ރާޖުޕުތުގެ މަރުގެ ތަހުގީގުގެ ތެރެއިން ޑްރަގްގެ މައްސަލަތަކެއް ފަޅާއި އަރާއި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ހައްޔަރުކޮށް ތަހުގީގު ހިންގަމުން އަންނައިރު ޑްރަގުގެ ހުރިހާ ވާހަަކަތަކެއް ދެއްކުމަށް އޭނާ ބޭނުންކުރީ މަންމަގެ ފޯނު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ޑްރަގާ ގުޅޭ ވާހަކަތައް ދެއްކުމަށް ރިއާ ބޭނުންކުރީ އޭނާގެ މަންމަ ސަންދިޔާގެ ފޯނެވެ. އެގޮތުން ފޯނު ދިނުމަށް އެދުމުން މަންމަގެ ފޯނު، އެންފޯސްމަންޓް ޑިރެކްޓޮރޭޓަށް ދީފައި ނުވާ ކަމަށްވެ އެވެ. 

އަދި އެ ފޯނު، ތަހުގީގަށް ނަގާފައި ވަނީ ނާކޮޓިކް ކޮންޓްރޯލް ބިއުރޯ އިން އެ ގޭ ބަލާއި ފާސްކުރި ދުވަހު ކަމަށް ވެސް ބުނެ އެވެ.

ރިއާ ވަނީ އޭނާގެ މަންމަގެ ވަޓްސްއެޕް މެެދުވެރިކޮށް ޑްރަގް ގެންގުޅޭ މީހުންނާއި އޭނާގެ ގާތް ރަހުމަތްތެރިންނަށް ވެސް ޑްރަގާ ގުޅިގެން ވާހަކަ ދައްކާފަ އެވެ. އަދި އެ ޗެޓްތަކުގެ ސްކްރީންޝޮޓްތަކެއް ވެސް ލީކްވި އެވެ. 

ތަހުގީގުގެ ތެރެއިން ރިއާ ވަނީ އޭނާއާއެކު ޑްރަގް ބޭނުންކުރި ތަރިން ވެސް ކިޔައިދީފައި ކަމަށް ބުނެ އެވެ. އޭގެ ތެރޭގައި ސާރާ އަލީ ހާން އާއި ރަކުލް ޕްރީތު ސިންގް ހިމެނެ އެވެ. 

އޭގެ އިތުރުން ވެސް ރިއާ ވަޓްސްއެޕް މެދުވެރިކޮށް ޑްރަގުގެ ވާހަކަ ދެއްކި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ރިއާ ހައްުޔަރުކުރުމުގެ ކުރިން ވަނީ އޭނާގެ ކޮއްކޮ ޝޯވިކް ހައްޔަރުކޮށްފަ އެވެ. 

މިދިޔަ ހުކުރު ދުވަހު ރިއާ ހައްޔަރުކުރިއިރު އޭނާއަށް ޖަލުގައި 14 ދުވަހު މަޑުކުރަން ޖެހިފައި ވަނީ  ކޯޓުން އޭނާ ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ނުވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް