
ޝާހިދު ކަޕޫރު--
ފިލްމު "ޖާޒީ" އަށް ޝާހިދު ކްރިކެޓް ޕްރެކްޓިސް ކުރަނީ
16 ސެޕްޓެމްބަރ 2020 - 09:10:53
ޝާހިދު ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ޖާޒީ" އަށް ތައްޔާރުވުމަށް އޭނާ ދަނީ ކްރިކެޓް ކުޅުން ޕްރެކްޓިސް ކުރަމުންނެވެ. އެގޮތުން ޕްރެކްޓިސް ސެޝަނެއްގެ ވީޑިއޯ މި ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯގައި ޝާހިދު ކަޕޫރުގެ ބެޓިން ހުނަރު ރަނގަޅު ކުރަމުންދާ މަންޒަރު ފެނެ އެވެ. ފިލްމު "ޖާޒީ" ގައި އޭނާއަކީ ކްރިކެޓް ކުޅުންތެރި އެކެވެ.
ޝާހިދު މި ފަހުން އަންނަނީ ގިނަ ފޮޓޯތަކެއް ހިއްސާ ކުރަމުންނެވެ. އޭނާގެ އިންސްޓަގްރާމުގައިވާ ފޮޓޯތަކަށް ފޭނުންގެ ތަރުހީބު ވެސް އެހާ ބޮޑެވެ.
ސްޕޯޓްސް ޑްރާމާ "ޖާޒީ" ގައި ޝާހިދު ކަޕޫރުގެ އިތުރުން މުހިއްމު ރޯލުތަކުން ޕަންކަޖް ކަޕޫރާއި މްރޫނާލް ތާކޫރް ފެނިގެން ދާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް