
"އަހާ ފޯރަމް" ައި މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުންނާއި ހަވާލުވެ ހުންނެވި ވަޒީރު އަލީ އިހްސާން ވިދާޅުވީ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
މި މައްސަލާގައި ފުރަތަމަ ސޯޝަލް މީޑިއާގައި ދެއްކީ ހަގީގަތެއް ނެތް ގޯސް ވާހަކަތަކެއް ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އަދި މި މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން ގޯހެއް ހަދާފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ބައެއް ކަންކަން ފޮރުވާ ތަހުގީގު އޮޅުވާލާކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުންތައް ފުލުހުންނަށް ވަނީ އަމާޒުވަފައެވެ. އަދި ހާއްސަކޮށް އެރޭ ޔުމްނު އާއި އެއްކޮށް އުޅުނު ރައުދު ފުރަތަމަވެސް ހައްޔަރުނުކުރުން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމަާޒުވެފައިވަނިކޮށް އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.