ads
ޖެންޑާ މިނިސްޓްރީ-- ފޮޓޯ: ޗެނަލް13
ގެވެށި އަނިޔާ ލިބޭ މީހުން ތިބެން ރައްކާތެރި ފަސް މަރުކަޒު ކަނޑައަޅައިފި
ގެވެށި އަނިޔާގެ ޝިކާރަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަން ޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ކަނޑައަޅައި އެތަންތަނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން، ދިރިއުޅުމަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަން ޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ބިނާ ކުރުމާއި އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި، ހަމަތަކާއި، އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓާ ކުރުމުގެ މަސައްކަތްތައް ކުރުމަށް ބަޔާންކޮށްފައި ވެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ގޮތުގައި ފަސް މަރުކަޒެއް ކަނޑައަޅާފަ އެވެ. އެ ފަސް މަރުކަޒަކީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ތ. ވޭމަންޑޫ، ގދ. ތިނަދޫ އަދި ވިލިމާލޭ އަމާން ހިޔާ އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މަރުކަޒުތަކުގައި ހުރި އަމާން ހިޔާތަކަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިދުމަތްތައް އެންމެ ފުރިހަމަ އަށް ދެވޭ ވަސީލަތްތައް ހުރި ތަންތަން ކަމުގައި ނުވާތީ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާގެ އެހީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކެއާ ޕްރޮޖެކްޓްގެ އެހީގެ ދަށުން މިހާރު ލިބިފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް