ads
މުބާރާތް ހުޅުވާނީ މުމްބާއީ އިންޑިއަންސްއާއި ޗެންނާއި ސުޕަރ ކިންގްސް
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ފަށަން ތައްޔާރުވެއްޖެ
ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއަ ލީގުގެ ތޭރަވަނަ އެޑިޝަނަށް ފުރިހަމައަށް ތައްޔާރުވެއްޖެ އެވެ.

އެކުވެރި އަރަބި އިމާރާތުގައި މުބާރާތް ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރު އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ، އިންޑިއަން ޕްރިމިއާ ލީގު- އައިޕީއެލް، ހޮނިހިރު ދުވަހުގެ ރޭ ފަށާނީ މުމްބާއީ އިންޑިއަންސްއާއި ޗެންނާއީ ސުޕަ ކިންގްސްގެ މެޗުންނެވެ. މާޗު މަހު އިންޑިއާގައި ފަށަން އޮތް މުބާރާތް، ކޮވިޑާއި ގުޅިގެން އިންޑިއާގައި ބޭއްވޭނެ އެއްވެސް ގޮތެއް ނެތުމުން، މުބާރާތް ޔޫއޭއީއަށް ބަދަލުކުރީއެވެ.

މި މަހުގެ ނަވާރަވަނަ ދުވަހު މުބާރާތް ފެށުމަށް ހުރިހާ އިންތިޒާމެއް މިހާރުވަނީ ހަމަޖައްސާފަ އެވެ. ޓީމުތައް ޔޫއޭއީއަށް ގޮސް މިހާރު ޕްރެކްޓިސްތައް ވެސް ކުރަން ވަނީ ފަށާފަ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު މަހުގެ ވިހި ވަނަ ދުވަހު އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް މުބާރާތް ކަމަށްވާ އައިޕީއެލްގެ މި އަހަރުގެ މުބާރާތް ފަށަން އެންމެ ފުރަތަމަ އޮތީ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ. އޭގެ ފަހުން، އޭޕްރީލް 15 ވަނަ ދުވަހު ފެށުމަށް ތާވަލު ކުރުމަށް ފަހު މުއްދަތެއް ނެތް ގޮތަށްވެސް ފަސް ކުރިއެވެ. އެންމެ ފަހުން ނިންމީ މިހާރު މި ރާވާފައި މިވާ ގޮތަށް އެކުވެރި އަރަބި އިމާރާތުގައި މުބާރާތް ކުރިއަށް ގެންދާށެވެ.

އައިޕީއެލް ޓުވެންޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި އިންޑިއާގެ އަށް ސްޓޭޓަކުން ވާދަކުރާއިރު ސްޓޭޓްތަކުގެ ޓީމުތަކުގައި ދުނިޔޭގެ އެންމެ މޮޅެތި ކްރިކެޓް ކުޅުންތެރިން ވާދަކުރެ އެވެ. ދެހާސް ހަތްވަނަ އަހަރުން ފެށިގެން ކުރިއަށްދާ އެ މުބާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައި ވެސް ހިމެނޭ މުބާރާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް