ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މެމްބަރު ޔައުގޫބް--
ޔައުގޫބަށް ފިޔަވަޅު އަޅާ، ނޫނީ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން"
ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލު މެމްބަރު ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރެއްވުމުން، އޭނާގެ މަޖިލީހުގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވާއިރު އެމައްސަލަ ބެލުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ގޮވާލައްވައިފި އެވެ.
Advertisement

މިމަހުގެ 14 ވަނަ ދުވަހު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްއަށް މެމްބަރުން އައްޔަންކުރިއިރު ދާންދޫ ދާއިރާގެ މެމްބަރު ވެސް ވަނީ އެ ކައުންސިލަށް އައްޔަންކޮށްފަ އެވެ. އެއާއެކު ޔައުގޫބްގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމުގެ ސުވާލުތައް އުފައްދަމުންދަނިކޮށް އޭނާ ވަނީ ކައުންސިލުން އިސްތިއުފާދީފަ އެވެ. 

އެކަމާއި ގުޅިގެން ވާހަކަ ދައްކަމުން އިދިކޮޅުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ޔައުގޫބް އައިސީއޭއެމްގެ ކައުންސިލު މެމްބަރު ކަމަށް އައްޔަންކުރީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. 

އެހެންކަމުން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްލަވަން ޖެހޭކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެކަމުގައި މަޖިލީހުން ފިޔަވަޅެއް ނާޅާނަމަ، އިދިކޮޅުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. 

"އަމިއްލަފުޅަށް ހުވާކުރައްވާފަ ނުވަތަ އެކްސެޕްޓް ކުރައްވާފަ އަދި އެކަންތައް އަނބުރާ ގެނަޔަކަސް އަދި އެކަންތައް ނުކުރާކަމަށް ނުވާނެ. ރައްޔިތުންގެ މަޖިލީހުގެ ރައިސް މިކަންތައްތައް ބައްލަވަން ޖެހޭނެ،. ރައްޔިތުންގެ މަޖިލީހުގެ ރައިސް މިކަމަށް ފިޔަވަޅު އަޅަން ޖެހޭނެ، ނޫންނަމަ މިކަމުގައި ގާނޫނީ ގޮތުން ކުރައްވަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ރައްޔިތުންގެ މަޖިލީހުން ވަޑައިނުގަތިއްޔާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޕާޓީން ސްޕްރީމް ކޯޓަށް މި މައްސަލަ ގެންދާނަން،" ޝިޔާމް ވިދާޅުވި އެވެ. 

ގާނޫނު އަސާސީގައި ބުނާ ގޮތުގައި މަޖިލީހުގެ މެމްބަރު ކަމުގައި ހުންނަވާ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދައެއް ނުކުރެވޭނެ އެވެ. އެކަމަކު އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސްއަކީ މިނިވަން މުސްތަގިއްލު ކޮމިޝަނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް