ads
ސާމްޕަލް ނެގުމުގައި ހަރަކާތްތެރި ވަނީ--- ފޮޓޯ: ސީއެންއެމް
99 މީހުން ޕޮޒިޓިވްވެ އަދަދު މައްޗަށް!
ރާއްޖެއިން އިތުރު 99 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޕޮޒިޓިވްވާ މީހުންގެ މައްޗަށް ޖެހިއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި 99 މީހުންގެ ތެރެއިން 92 މީހުން ޕޮޒިޓިވްވީ މާލެއިން ކަމަށެވެ. އަދި އަނެއް ހަތް މީހުން ޕޮޒިޓިވްވީ އަތޮޅު ތެރެއިން ކަމަށެވެ. 

ޑރ. އަފްޒަލް ވިދާޅުވީ މިހާރު އަތޮޅު ތެރޭގެ 20 ރަށެއްގައި ކޮވިޑްގެ 70 ކޭސް އެބަ އުޅޭ ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އުޅެނީ 115 ގަ އެވެ. 

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ޑީއެޗް11 ގައި މިހާރު އޮތީ ދެ މީހެކެވެ. އައިސީޔޫގައި އޮތް އެ ދެ މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 107 ފަރާތަކަށް އަންނަނީ އެތަނުގައި ފަރުވާދެމުންނެވެ. އޭގެ ތެރެއިން 103 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު އަނެއް ހަތަރު މީހުންނަށް ފަރުވާދެނީ އައިސީޔޫގަ އެވެ. 

އަދި ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ފަރުވާދެމުން އެބަދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް