ކަންގަނާ ވަނީ މޯދީއަށް މަރުހަބާ ކިޔުމަށް ސޯޝަލް މީޑިއާއަށް ވީޑިއޯއެއް ދޫކޮށްލާފަ އެވެ. އެ ވީޑިއޯގައި އޭނާ ވަނީ މޯދީއަށް ތައުރީފުކޮށްފަ އެވެ.
އަދި މޯދީއަށް ވާހަކަދައްކާލުމުގެ ފުރުސަތު ދުވަހަކު ވެސް ނުލިބޭ ކަމަށާއި، އަބަދުވެސް ލިބެނީ ފޮޓޯ ނެގުމުގެ ފުރުސަތު ކަމަށް ބުނެފައި ވެއެވެ.
މުމްބާއީގައި ކަންގަނާގެ އޮފީސް ތަޅާލުމުން އޭނާ މިހާރު ހުރީ އޭނާ ނިސްބަތްވާ މަނާލީ އަވަށުގަ އެވެ. ކަންގަނާގެ އިތުރުން ގިަ ބަޔަކު ދަނީ މޯދީއަށް މަރުހަބާ ކިޔަމުންނެވެ.
އެގޮތުން އެކްޓަރު ހިމާ މާލިނީ ވެސް ވަނީ ޓްވިޓާ މެދުވެރިކޮށް ތަހުނިޔާ ފޮނުވާފަ އެވެ.