ads
މެމްބަރު ހުސައިން މުހައްމަދު-- ފޮޓޯ: ވީނިއުސް
މެމްބަރު ހުސައިންގެ ހަނދާނުގައި ތައުބީންގެ ޖަލްސާއެއް ބާއްވަނީ
ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދުގެ ހަނދާނުގައި ތައުބީންގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މިޖަލްސާ އަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން އިންތިޒާމުކޮށްގެން ބާއްވާ ޖަލްސާއެކެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނި މިރޭ 09:00 ގައިކަމަށެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް އިންލައިންކޮށްކަން ފާހަގަކުރެއްވި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަލްސާގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ހުސައިން މުހައްމަދުގެ އާއިލާގެ ފަރާތްތަކާއި ގާތް ރަހުމަތްތެރިން ބައިވެރިވެއެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމްވެސް މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

ހުސައިން މުހައްމަދު އަވަހާރަ ވެފައިވަނީ ހަތަރެއް ސެޕްޓެމްބަރުގަ އެވެ. 

ހުސައިން މުހައްމަދު ވަނީ މީޑިއާ ގަ އާއި ތައުލީމީ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގައި ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. ސިޔާސީ ދާއިރާއަށް ވަދެވަޑައިގެން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އެވެ. އަދި މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ ދަށުން 2009 ވަނަ އަހަރު ފުރަތަމަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑީއާރްޕީގެ ޓިކެޓުގައި ވާދަ ކުރައްވައިގެން މަތިވެރި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިގެން އެ ދާއިރާ މެމްބަރުކަން ކުރެއްވި އެވެ. މަތިވެރި ދާއިރާގެ މެމްބަރުކަން 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް