ads
ޔުގެންޑާގައި ސިފައިން ހަރަކާތްތެރިވަނީ--
ޔުގެންޑާގެ ޖަލަކުން 200 ގައިދީން ފިލައިފި
ޔުގެންޑާގައި ހަތިޔާރާއެކު ޖަލަކުން ފިލި 200 އަށް ވުރެ ގިނަ ގައިދީން ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.

ހަމަނުޖެހުން ހިންގުމަށް ފަހު ޖަލުން ފިލި ގައިދީންތައް ވަދެފައި ވަނީ އެ މަރުކަޒުގެ ކައިރީގައިވާ ޖަންގައްޔަށެވެ. އޭގެ ކުރިން އެމީހުން ވަނީ އަސްކަރީ މަރުކަޒަކަށް ވަދެ ހަތިޔާރު ވަގަށް ނަގާފަ އެވެ. 

އެތަނަށް ވަނުމުން ހިނގި ހަމަނުޖެހުންތަކުގައި ސިފައިންގެ މީހަކާ ދެ ގައިދީން މަރުވެފައި ވެއެވެ. އަދި ފިލަން އުޅުނު މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރި އެވެ. 

މިއީ ކޮވިޑް-19 ފެތުރެން ފެށި ފަހުން ޔުގެންޑާގެ ޖަލަކުން ގައިދީން ފިލި ތިންވަނަ ފަހަރެވެ. ގައިދީން ފިލަމުން ދަނީ ޖަލުތަކުގައި ބަލި ފެތުރޭތީ އެކަމާ ބިރުންނެވެ. 

މިހާތަނަށް ޔުގެންޑާގެ ޖަލުތަކުން ތިން މީހަކަށް ވަނީ މި ބަލި ޖެހިފަ އެވެ. ޓެސްޓު ކުރުން މަދުވުމުން، ހަގީގީ އަދަދު އެއަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ. 

ޔުގެންޑާގައި ޖުމްލަ 5،266 މީހުންނަށް ކޮވިޑް-19 ޖެހިފައި ވާއިރު، 60 މީހަކު ވަނީ މަރުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް