"ސިޓީލައިޓްސް" ފިލްމުގައި އުޅުނު ރާޖްކުމާރް އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު ކެޕްޝަނުގައި ލިޔެފައި ވަނީ ހިނިތުންވުމާއި އުފާވުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުންނެވެ.
ރާޖްކުމާރް ރާއޯގެ ހިނިތުންވުމަކީ ފޭނުންނަށް ވަރަށް ކަމުދާ ސިފައެކެވެ. "ސްޓްރީ" އަދި "ބަރެލީ ކީ ބަރްފީ" ފަދަ ފިލްމުތަކުން ލިބުނު ކާމިޔާބީގެ އިތުރުން، ރާޖްކުމާރް ރާއޯގެ ފުރިހަމަ ހިނިތުންވުމުގެ ސަބަބުން ވެސް އޭނާއަށް ބައެއް ފޭނުން ސަޕޯޓު ކުރެ އެވެ.
އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ހަރްދިކް މެހްރާގެ "ރޫހީ އަފްޒާނާ" އިން ޖަންވީ ކަޕޫރާއި ވަރުން ޝަރްމާ އާއެކު އެވެ. އޭގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ އާއެކު ފިލްމެއް ނެރެން ތައްޔާރުވާ ކަމަށް ވެސް ވެއެވެ.