ads
މާސްކް ނޭޅުމުގެ އަދަބެއްގެ ގޮތުން ކޮވިޑްގައި މަރުވާ މީހުން ވަޅުލުމަށް ވަޅުކޮނުން
އިންޑޮނޭޝިއާގައި މާސްކް ނާޅާ މަގުމަތީގައި އުޅޭ މީހުނަށް އަދަބެއްގެ ގޮތުގައި ކޮވިޑްގައި މަރުވާ މީހުން ވަޅުލުމަށް ވަޅުކޮންނަށް ޖައްސައިފި އެވެ.

އިންޑޮނޭޝިއާގައި ބާރު ސްޕީޑެއްގައި ކޮވިޑް19 ފެތުރެމުން އަންނައިރު އެގައުމުގައި އަންނަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު މާސްކް ނާޅާ އުޅޭ ފަރާތްތަކަށް ދޭނޭ އަދަބުތައްވެސް ވަނީ ކަނޑައަޅާފައެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުގައި މާސްކް ނާޅާ ފަރާތްތަކަށް ތިން އަދަބެއް ދިނުމަށް ނިންމާފައިވާއިރު އޭގެތެރެއިން ނަގާނޭ އަދަބެއް އިހްތިޔާރުކުރުމުގެ ފުރުސަތު އޮތީ ދީފައެވެ. އަދަބު ތަކުގެ ތެރޭގައި ހިމެނެނީ 10 ޑޮލަރުން ޖުރިމަނާ ކުރުން ނުވަތަ މަގުމަތި ސާފުކުރުން ފަދަ މަސައްކަތްތައް ކުރުން އަދި ކޮވިޑް19 ގައި މަރުވާ މީހުން ވަޅުލުމަށް ވަޅު ކޮނުމެވެ. އެގައުމުގެ އިދާރާތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދަބުތައް ތަންފީޒުކުރަން ފަށާފައިވަނީ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުން ފެށިގެންނެވެ. 

އިންޑޮނޭޝިއާގައި މިހާތަނަސް 230،000 އަށްވުރެއް ގިނަ މީހުނަށް ކޮވީޑް19 ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އެގައުމުގައި 9100 އަށް ވުރެއް ގިނަ މީހުން ބަލީގައި މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، 160،000 މީހުން ބަލީގައި ރަނގަޅުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް