ads
މުއުމިންގެ
މޫމިނުގެ "ގަމިނި" މިމަހުގެ 25 ގައި ބައިސްކޯފަށް
މުއުމިން ފުއާދު ޑައިރެކްޓްކޮށް ނެރޭ ވެބް ސީރީޒް "ގަމިނި" މިމަހުގެ 25 ވަނަ ދުވަހުން ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރަން ނިންމައިފި އެވެ.

ބައިސްކޯފުން އެކަން ހާމަކޮށް ކުރި ޕޯސްޓާއެކު ވަނީ "ގަމިނީ" ގެ ޓްރައިލާ ވެސް ދޫކޮށްލާފަ އެވެ. 

ބައިސްކޯފުން އިއްޔެ އާންމުކުރި ޓްރައިލާއަށް މިހާރު ވެސް 11000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު އެ ސީރީޒް ބިނާވެފައި ވަނީ އެހެން ޒަމާނެއްގައި ނުވަތަ އެހެން ވަގުތެއްގައި ބަޔަކު ކުރާ ކަމެއްގެ ނަތީޖާ ފަހުން ފެނިގެންދިއުމުގެ މައްޗަށް ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުނެ އެވެ.  

ފިލްމުގެ ޓްރައިލާއަށް ބަލާލާއިރު ވެސް ކުރީ ޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅި ވެސް ފެނިގެންދެ އެވެ. އަދި މީހެއްގެ މަރުގެ ކަންތައްގަނޑެއްގެ ވާހަކަ ވެސް ދައްކަ އެވެ. މިހެންކަމުން، ފިލްމުގައިވެގެންދާ ގޮތަށް ރަނގަޅަށް އެނގިގެންދާނީ މިމަހުގެ 25 ވަނަ ދުވަހު ބައިސްކޯފު އެޕްލިކޭޝަނުން ސްޓްރީމްކުރުމުންނެވެ.

ގަމިނީގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނެނީ އިސްމާއިލް ރަޝީދާއި އަހުމަދު ސައީދު އަދި އަހުމަދު އާސިމްގެ އިތުރުން އިސްމާއިލް ޒާހިރުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ. އޭގެ އިތުރުން ވެސް ޓިކްޓޮކްގެ މަޝްހޫރު ތަރި މަރިޔަމް ޝިފާ ސީރީޒް އިން ފެނިގެންދާނެ އެވެ. 

ޖުމްލަ 13 އެޕިސޯޑު ހިމެނޭ އެ ސީރީޒްގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވަނީ އަތޮޅު ތެރޭގެ އެކި ރަށްރަށުގަ އެވެ. އޭގެ ތެރޭގައި ތ. އަތޮޅުގެ ބައެއް ރަށްތަކާއި އއ. އަތޮޅުގެ އިތުރުން ފ. އަތޮޅު ހިމެނެ އެވެ. 

މުއުމިން ފުއާދު ލިޔެ ޑައިރެކްޓްކޮށް އެ ސީރީޒް ނެރޭއިރު މުއުމިނަކީ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ފަރާތެކެވެ. އޭގެ ތެރޭގައި ލޫދިފާ އާއި ހޭލާއި އަދި ނިވައިރޯޅި ފަދަ ފިލްމުތައް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް