ޖަރުމަނުގެ އެސްވީ ހޮލްޑެންސްޓެޓް އާ ދެކޮޅަށް އެސްޖީ ރިޕްޑޯފް މޮލްޒެން ކުޅެފައި ވަނީ ގައިދުރުކަމުގެ މިންގަނޑު ބަހައްޓައިގެންނެވެ.
އެއާއެކު އެ ކުލަބު ވަނީ 37 ލަނޑު ސުން ލަނޑުން ބަލިވެފަ އެވެ. ރިޕްޑޯފް އިން ގައިދުރުކަން ބަހައްޓައިގެން މެޗު ކުޅުނީ އިދިކޮޅު ކުލަބުގެ ކުޅުންތެރިން، ކޮވިޑް-19 ޖެހިފައިވާ މީހަކާ ކޮންޓެކްޓުވި ކަމަށް ބެލެވޭތީ އެވެ.
ކޮންޓެކްޓުވުމަށް ފަހު 14 ދުވަސް ހަމަ ނުވާތީ މެޗު ލަސް ކުރަން ވެސް ރިޕްޑޯފުން މަސައްކަތް ކުރި އެވެ. އެކަމަު އިދިކޮޅު ޓީމުން ބުނެފައި ވަނީ ހުރިހާ ކުޅުންތެރިން ނެގެޓިވް ކަމަށެވެ.
މެޗުން ބަލިވުމާއެކު އެ ކުލަބުން ބުނީ މޮޅުވުމުން މުހިއްމު ނަމަވެސް، އެއަށް ވުރެ ސިއްހަތު މާ މުހިއްމު ކަމަށެވެ. މެޗުގެ ކޮންމެ ދެ މިނެޓަކުން އިދިކޮޅު ކުލަބުން ގޯލެއް ޖެހި ކަމަށް ބޭރުގެ ހަބަރުތައް ބުނެ އެވެ.