އެ ރޭންޖް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެތަން ބޭނުންކުރުން ހުއްޓާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ގިރިފުށީގައި ކުރިއަށްގެންދިޔަ ޓްރެއިނިންނެއްގައި ވަޒަން ޖަހަނިކޮށް މީހެއްގެ ގަޔަށް ވަޒަނެއް އަރާފައިވާތީ އެވެ.
ސިފައިން ތަމްރީނުތައް ކުރިއަށް ގެންދަނިކޮށް އެ ރަށް ކައިރިން ދަތުރުކުރި ސަފާރީއެއްގައި ހުރި ފަތުރުވެރިއެއްގެ ކަރުގައި ކޭތިފައި ވަޒަން ދިޔައިރު އޭނާއަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.