ދުނިޔެ /
ލަންޑަން ބްރިޖު ގޮއްވާލަން އުޅުނީ ޕާކިސްތާނުގައި ކުރިން އުޅުނު މީހެއް
30 ނޮވެންބަރ 2019 - 14:44:46
ލަންޑަން ބުރިޖުގައި އިއްޔާ ޖާނުން ފިދާވެގެން ހަމަލާދޭން އުޅުނު މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށް ބްރިޓިޝް ފުލުހުން މިވަނީ ބުނެފަ އެވެ. އެގޮތުން ހަމަލާދޭން މަސައްކަތްކުރީ އުމުރުން 28 އަހަރުގެ އުސްމާން ހާން ކަމަށް ވެއެވެ.
ލަންޑަން ބުރިޖުގައި ހަށިގަނޑު ގޮއްވާލައިގެން އިއްޔެ ހަމަލާދޭން އުޅުނު މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ބުނެފި އެވެ. އެގޮތުން ހަމަލާދޭން މަސައްކަތްކުރީ އުމުރުން 28 އަހަރުގެ އުސްމާން ހާން ކިޔާ މީހެއް ކަމަށްވެ އެވެ.
ފުލުހުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެމީހާގެ ޒުވާން އުމުރު ހޭދަކޮށްފައިވަނީ ޕާކިސްތާނުގައި ކަމަށެވެ. ޕާކިސްތާނަކީ ޓެރަރިސްޓުން ތަމްރީން ކުރާ ގައުމެއް ކަމަށް ހުޅަނގުގެ ބައެއް ގައުމުތަކުން ލޭބަލް ކުރާ ގައުމެކެވެ.
އުސްމާން ހިމެނޭހެން 2010 ވަނަ އަހަރުގެ ތެރޭގައި އިތުރު 8 މީހަކު ވަނީ ޓެރަރިސްޓް ހަމަލާއެއް ލަންޑަނަށް ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީގެކުރިން ހައްޔަރުކޮށްފައި ކަމަށްވެސް އިނގިރޭސި ފުލުހުން ބުނެ އެވެ. އެގޮތުން 2012 ވަނަ އަހަރުގެ ތެރޭގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލު ހުކެމެއް އިއްވިއިރު މިދިޔަ އަހަރުގެ ތެރޭގައި އޭނާ މިނިވަންކޮށްފައި ވަނީ ފައިގާ ޓެގް އެޅުވުމަށް ފަހު ކަމަށްވެ އެވެ.
އިއްޔެ ލަންޑަނު ގަޑިން 13:16 ހާއިރު ވަނީ ލަންޑަން ބްރިޖްގައި ގިނަ ބަޔަކަށް ވަޅިން ހަމަލާ ދީފަ އެވެ. މިހަމަލާގައި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް ލަންޑަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.
ލަންޑަން ފުލުހުން ވަނީ މިހާދިސާ ހިނގުމާ އެކު އެސަރަހައްދަށް ގޮސް އެމީހާގެ ގަޔަށް ބަޑި ޖަހާފައިވާ ކަމަށެވެ. ބަޑި ޖަހަން ޖެހުނީ އޭނާ ހަށިގަނޑު ގޮއްވާލައިގެން ހަމަލާއެއް ދިނުމަށް މަސައްކަތް ކުރުމުން ކަމަށްވެސް ލަންޑަން ފުލުހުން ބުނެ އެވެ. އަދި އެމީހާ ވަނީ އެތަނަށް މަރުވެފަ އެވެ.
ލަންޑަން ބުރިޖުގައި އިއްޔެ ހިނގި ހާދިސާގައި ދިވެއްސަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެންބަސީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް