ads
ލަންކާގައި އަންހެނުންނަށް ހާއްސަ ޓެކްސީ ސެންޓަރެެއް ހުޅުވައިފި
ދަތުރުފަތުރުކުރާއިރު އަންހެނުންނަަަށް ތަފާތު ފުރައްސާރަތައް ކުރިމަތިވެފައި އެބަ ހުއްޓެވެ. ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ފަދަ ތަފާތު ކަންކަމާއި ގިނަ ފަހަރަށް ކުރިމަތިލާން ޖެހެނީ އަންހެނަކު އެކަނިމައި އެކަނި ދަތުރުކުރާނަމަ އެވެ.

މިފަދަ ކަންކަން އަންހެނުންނަށް ކުރިމަތިވާތީ އަވަށްޓެރި ސްރީލަންކާގައި މިވަނީ އަންހެނުންނަށް ހާއްސަ ޓެކްސީ ސެންޓަރެއް ހުޅުވާފަ އެވެ. “ޕިންކް ޑްރައިވްސް” ގެ ނަން ދީފައި މި ސެންޓަރުން އުފުލާނީ އަންހެނުންނާއި ކުޑަކުދިން އެކަންޏެވެ. 

ހަމައެކަނި އަންހެން ޑްރައިވަރުން ދުއްވާ އެ ޓެކްސީ ސެންޓަރުގެ ހިދުމަތް ކޮލަމްބޯގައި މިދިޔަ ހަފުތާގެ ތެރޭގައި ފަށާފައި މިވަނީ އެގައުމުގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ޑީޖެނިކްސް އިންނެވެ. އެތަނުގެ ފައުންޑަރު ޝޯހަން ކުލަސޫރިޔާ ބުނީ އެ ހިދުމަތާއެކު އަންހެނުން ބާރުވެރިކުރުވުމުގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި ހިދުމަތެއް ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މި ހިޔާލަކީ ގާތް އެކުވެރިއެއްގެ ފިރިއަކު މަރުވުމުން އެ ކުޑަ އާއިލާއަށް ފަންޑު ހޯދަން ފެށި ކަމެއް ނަމަވެސް އެ މަސައްކަތަށް ލިބުނު ތަރުހީބާއެކު މަސައްކަތް ވެސް ފުޅާވެގެން ދިޔައީ އެވެ.

އެކަމަށް ލިބުނު ޑިމާންޑާއެކު ހިދުމަތް ފުޅާކުރަމުން އަންނައިރު ހަތަރު މަސް ދުވަހުގެ ތެރޭގައި އެމީހުން މިވަނީ މޯބައިލް އެޕްލިކޭޝަނެއް ވެސް އުފައްދާފަ އެެވެ. އެއީ އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކަށް ވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން ދަތުރުގެ މަންޒިލްތައް ރަނގަޅަށް މޮނިޓާކުރެވޭ ގޮތަަަށް ހަދާފައިވާ އެ އެޕްލިކޭޝަނުގައި އިމަަޖަންސީ ބަޓަންއެއް ވެސް އިނދެ އެވެ. އެއިން އެމީހުންގެ އާއިލާގެ މެމްބަރުންނާއި ކަނެކްޓް ކުރެވޭނެ އެވެ. 

ޑްރައިވަރުންނަށް ނަގާފަައިވާ މީހުންނާއި ގުޅިގެން ޝޯހަން ބުނީ އެއީ އެކަމަށް އެދި ހުޅުވާލުމުން ހުށަހެޅި އަންހެންވެރިން ކަމަށެވެ. އެގޮތުން އެމީހުންނާއި އިންޓަވިއު ކުރުމަށް ފަހު ޓްރެެއިނިނެއް ވެސް ދީފައިވާ ކަމަށް ބުނެ އެވެ. 

މިހާރު އެތަނުގައި ފުލްޓައިމްކޮށް އަދި ޕާޓްޓައިމްކޮށް މަސައްކަތްކުރާ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 25 އަންހެނުން ދަނީ މަސައްކަތްކުރަމުންނެވެ. އެތަނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސައްކަތަށް ނިކުންނާނެ އަންހެނުން ހޯދުމެވެ. އެކަމަކު އިތުރު އަންހެން ޑްރައިވަރުން ހޯދުމުގެ މަސައްކަތް ވެސް ކުރެވެމުން އެބަދާ ކަމަށް ޝޯހަން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް