
" އޯލް ދަ ޝާކްސް" މި ސީރީޒްއަކީ މެރިން ސައިންޓިސްޓުންގެ ހަތަރު ޓީމަކުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅޭ ތަފާތު ބާވަތްތަކުގެ މިޔަރު ފޮޓޯނަގަން ކުރާ މަސައްކަތް ދައްކުވައިދޭ ސީރީޒްއެކެވެ.
ސީރީޒްގެ ފުރަތަމަ އެޕިސޯޑު "އައި އޮފް ދަ ޓައިގާ ޝާކް" ގައި ވަނީ ފުވައްމުލަކު ސިޓީގެ ކަނޑު އަޑީގެ ޗާލު މަންޒަރުތަކުގެ އިތުރުން އެ ސީޓީގެވެސް ރީތިކަން ދައްކާފައެވެ.
ސީރީޒްގައި ފުވައްމުލަކު ސިޓީ ދައްކާފައިވަނީ "ޝާކް އައިލެންޑް" ނުވަތަ "މިޔަރުގެ ރަށުގެ ގެ ނަމުގައެވ. އަދި ފުވައްމުލަކު ސިޓީއަކީ މިޔަރު ގިނަ އަދަދަކަށް ފެންނަ ރަށެއްގެ ގޮތުގައި ސީރީޒްގައި ވަނީ ދައްކާފައެވެ.
މި ސީރީޒްގައި އެކި ހިސާބުތަކުގައި އުޅޭ މިޔަރު ބާވަތްތަކާއި އެ ސޮރުމުންގެ ހަރަކާތްތައް ފެންނަ އެންމެ ގިނަ ޝޮޓްތައް ގެނެސްދޭ ޓީމަކަށް 50،000 ޑޮލަރު ލިބެއެވެ. ފުވައްމުލަކުގެ އިތުރުން ދެން މި ސީރީޒްގައި މަންޒަރުތައް ނަގާފައިވަނީ ޖަޕާން، ސައުތު އެފްރިކާ، އޮސްޓްރޭލިއާ، ބަހާމާސް، އަދި ގަލަޕަގޮސްގައެވެ .