ads
ފަލާހް، ރައީސް ޔާމީންއާއެކު
ޔާމީން ސިންގަޕޫރަށް ކުރި ކޮންމެ ދަތުރެއްގައި ހެދީ ވަގު ޑީލު: ފަލާހް
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ވެރިކަމުގައި ސިންގަޕޫރަށް ކުރެއްވި ކޮންމެ ދަތުރެއްގައިވެސް ކުރެއްވި ކަމަކީ، ވަގު ޑީލު ހަދައި ދައުލަތް ލޫޓުވުން ކަމަށް، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
Advertisement

ކުރިން ޔާމީންއާއެކު މަސައްކަތް ކުރެއްވި ފަލާހް ސޯޝަލް މީޑިއާގައި މިހެން ވިދާޅުވީ، ރައީސް މުއިއްޒު މިފަހުން ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިޔާގެ އަދާނީ ގުރޫޕަށް ވިއްކާލަން ސަރުކާރުން އުޅޭ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ރައްދުގަ އެވެ.

އެކަމަށް ރައްދު ދެއްވައި ފަލާހް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ބަލިވެގެންކަމަށްހަދާފަ، ސިންގަޕޫރަށްކުރި ކޮށްމެ ދަތުރެއްކުރީ، ވަގުޑީލުހަދާ ދައުލައިތް ލޫޓުވަން ކުރި ދަތުރެއް ކަމަށެވެ.

"ހަސަނަށް ހީވާނެ، ފުޅަށްބުޑުންދަންޏާ، ކެޔޮގަނޑު ކަނޑާލާނެހެން، އަޅެފަހެދުލުން ލާރިނޫން އެއްޗެއް ބޭރުވާން ވެއްޖެއްނު، އަމިއްލަ" ފަލާހު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެ ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ދޮގުކުރައްވާފައި އެވެ. ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން ދެއްކެވި އެވާހަތަކަކީ ބުހުތާނު ދޮގު ވާހަކަތަކެއްކަމަށެވެ.

ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ކުރިޔަށްދާ ގޮތުން އަންނަ ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދު ﷲ މުއްތަލިބް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މި މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެވޭނެ އެވެ. ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެއާޕޯޓު ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫއެވެ. އެންމެ ބޮޑެތި ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާފައިވާ އެ އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް