ޝިޓްސް ކްރީކަށް ވަނީ ޖުމްލަ ނުވަ އެވޯޑެއް ލިބިފަ އެވެ. އެއީ އެއް ސީޒަނުގައި އެންމެ ގިނަ އެމީ އެވޯޑް ލިބުނު ކޮމެޑީ ސީރީޒެވެ.
ސަކްސެޝަން އަށް ވަނީ އެންމެ ފާހަގަކުރެވޭ އެވޯޑުތައް ލިބިފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ޑްރާމާ ސީރީޒާއި އެކްޓަރު ޖެރެމީ ސްޓްރޯންގަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހިމެނެ އެވެ.
އެޗްބީއޯއިން ދައްކާ ވޮޗްމެން އަށް ވަނީ އެންމެ މޮޅު ލިމިޓެޑް ސީރީޒް އެވޯޑް ލިބިފަ އެވެ. އަދި ރެޖީނާ ކިންގް އާއި ޔަހުޔާ އަބްދުލް މަތީނަށް އެ ސީރީޒުން މޮޅު އެކްޓިންގެ އެވޯޑް ލިބުނެވެ.
މި އަހަރުގެ ޝޯ ހުށަހަޅައިދިނީ ޖިމީ ކިމެލް އެވެ. ނަމަވެސް ޝޯގެ އޯޑިއެންސް ހުސްކޮށް އޮތުމުން ވަރަށް ފަޅުކަމަށް ފާހަގަވެފައި ވެއެވެ. އެވޯޑު ލިބުނު ފަރާތްތަކުން ސްޕީޗް ވެސް ދިނީ ގޭގައި ތިބެ އޮންލައިންކޮށް ބައިވެރިވެގެންނެވެ.