ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ރޭ ދަންވަރު 01:25 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީ ގައި ފަރުވާދެމޖން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.
މިއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 34 ވަނަ މީހާއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 9724 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ކޮށް ތިބީ 1424 މީހުންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 686 މީހުން ތިބި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. އަދި 107 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ. އަދި ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 8261 ކަށް އަރާފަ އެވެ.