ads
ދީޕިކާ ޕަޑުކޯން--
ދީޕިކާ ބޮޑުވަމުން އައިއިރު ދުވަހަކުވެސް ފިލްމެއް ނުބަލާ
ދީޕިކާ ޕަދުކޯން ކުޑައިރު ޓީވީ ބެލުމަށް އެއްވެސް ވަގުތެއް ނުލިބޭ ކަމަށް އޭނާ ބުނެފި އެވެ.

ދީޕިކާގެ ސްކޫލު ދުވަސްވަރު ޓީވީ އާއި ފިލްމު ބެލުމަށް އެއްވެސް ވަގުތެއް ނުލިބޭ ކަމަށް އޭނާ ބުނީ އިންޑިއާގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގަ އެވެ.

ދީޕިކާ ބުނީ ސްކޫލު ދުވަސްތަކުގައި ގަވާއިދުން ފަތިހު ފަހެއް ޖަހާއިރު ހޭލަން ޖެހޭ ކަމަށާއި، ހޭލާ ގޮތަށް ފިޒިކަލް ޓްރޭނިން ހަދާ ކަމަށެވެ. ސްކޫލަށް ދަނީ އެއަށް ފަހު އެވެ. 

ސްކޫލަށް ފަހު އެކުވެރިންނާ އަނގަ ތަޅާލަން ވެސް ވަގުތު ނުލިބޭ ކަމަށާއި، ގެޔަށް ދާ ގޮތަށް ކުޑަ އެއްޗެއް ކައިގެން ދާން ޖެހެނީ ބެޑްމިންޓަން ކުޅެން ކަމަށް ދީޕިކާ ބުންޏެވެ. 

ގެއަށް އައުމަށް ފަހު ދެން ކައިގެން ނިދަން ވާއިރު، ހުންނަނީ އެއްކޮށް ވަރުބަލިވެފައި ކަމަށް އޭނާ ބުނެފައި ވެއެވެ. ބޮޑުވަމުން އައިއިރު ދުވަހަކު ވެސް ފިލްމު ނުބަލާ ކަމަށް ވެސް ބުނެފައި ވެއެވެ. 

ދީޕިކާ މިހާރު ގޯއާގައި ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިން އަށެވެ. ޝަކުން ބަތްރާގެ މި ފިލްމުގައި އަނަންޔާ ޕާންޑޭ އަދި ސިދާރްތް ޗަޓުރްވެދީ ވެސް އުޅެ އެވެ. 

އޭގެ އިތުރުން ކަބީރް ހާންގެ "83" އިން ވެސް ދީޕިކާ ފެންނާނެ އެވެ. އެ ފިލްމުގައި އޭނާ އާއެކު ފިރިމީހާ ރަންވީރް ސިންގް ވެސް އުޅެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް