ފްލައި ޑުބާއީ އިން މީގެ ކުރިން ވެސް ރާއްޖެއަށް ދަތުރުކޮށްފައި ވެއެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ތެރޭގައި ދަތުރު ކުރުން ވަނީ ހުއްޓާލާފަ އެވެ.
އަންނަ މަހުގެ 27 ގައި އަލުން ރާއްޖެ ދަތުރުތައް ފަށަން ތައްޔާރުވެފައި ވާއިރު، މިހާރު ނިންމާފައި ވަނީ ހަފްތާއަކު ހަތަރު ފްލައިޓު ރާއްޖެ އަންނަ ގޮތަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ އަންގާރަމ ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގަ އެވެ.
ފްލައި ޑުބާއީގެ ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށް ފަހު އަލުން ފަށާއިރު، ރާއްޖެ އާއެކު ޖުމްލަ 40 މަންޒިލަކަށް އެ އެއާލައިނުން ދަތުރު ކުރާނެ ކަމަށެވެ.