ads
ކަނޑުގަަދަ ދުވަހެއްގައި ތެޔޮ ބޯޓެއް ދަތުކުރަނީ-- ފޮޓޯ: ސީއެންއެމް
ފަސް އަތޮޅަކަަަަށް ވައިގަދަވާނެތީ ވައިޓް އެލާޓް ނެރެފި
ރާއްޖޭގެ ފަސް އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ދެމެދުގެ ރަަށްތަކަަށެވެ. 

މެޓުން ބުނީ ބޯކޮށް ވާރޭވެހުމާއެކު އެ ސަރަހައްދަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުނެ އެވެ. 

އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަަށް ވެސް ވަނީ ބުނެފަ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް މެޓުން ލަފާކުރެ އެވެ.

އަދި ރާޅުގެ އުސްމިން ހުންނާނީ 3–6 ފޫޓާ ދެމެދުގައި ކަމަށް ވެސް ބުނެ އެވެ. އެހެެންވެ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް