ads
ސްނޯކެލިންއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ
ސްނޯކެލިންއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭ ވެސްޓް ޕާކް ސަރަހައްދަށް މިއަދު 11:00 ހާއިރު ސްނޯކެލިންއަށް ދިޔަ ޒުވާނެއްގެ ހަބަރެއް ނުވެގެން މިއަދު ހަވީރު 16:36 ހާއިރު އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

ގެއްލިގެން ހޯދަމުން އަންނަނީ މ. ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ސަފްވާން ރަޝީދެވެ.

މިހާރު އޭނާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް