މަލައިކާ އޭނާގެ ގޭގައި ހޯމް ކަރަންޓީނުވިއިރު އަރްޖުން ވެސް ވަނީ އޭނާގެ ގޭގައި ކަރަންޓިނުވެފަ އެވެ. އެކަމަކު ބަލިން ރަނގަޅުވެފައިވާ ކަމަށް މަލައިކާ ހާމަކުރި ނަމަވެސް އަރްޖުން އަދި އެކަން ހިއްސާއެއް ނުކުރެވެ އެވެ. އެހެންކަމުން އޭނާ ބަލިން ރަނގަޅުވިކަން ނުވަތަ ނޫންކަން ވެސް ސާފެއް ނުވެ އެވެ.
މަލައިކާ ބުނީ ކޮވިޑުން ރަނގަޅުވުމުން ކޮޓަރިން ބޭރަށް ނިކުމެފައިވާ ކަމަށާއި ބަލިން ރަނގަޅުވަމަކީ ލިބުނު ހެޔޮ ރަހުމަތެއް ކަމަށެވެ.
އަދި އެންމެން ވެސް ބައްޔަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުމަށް އިލްތިމާސްކުރެ އެވެ.
ކޮޓަރީގައި އެކަނި ކަަރަންޓީނުވާން ޖެހުމުން މަލައިކާ އެންމެ ދެރަވީ އޭނާގެ ދަރިފުޅުގެ ގައިގާ ބައްދާނުލެވުމުންނެވެ. އަރްބާޒު ހާނާ ކައިވެނިކޮށް އެމީހުންނަަށް ލިބުނު ފިރިހެން ދަރިފުޅަށް ކަރަންޓީނުގައި ހުރެގެން ކުޑަދޮރު ކައިރިން މަލައިކާ ބައްދަލުކޮށް ވަރަަށް މިސްވެގެން އިންސްޓަގްރާމު ޕޯސްޓެއް ވެސް ކޮށްފައިވެ އެވެ.